logo
Bank of Maldives

Bank of Maldives

ޚަބަރު

ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ދައުވާކޮށްފި

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 05:22
 ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ދައުވާކޮށްފި

އއ. މާޅޮހު އޯކިޑްމާގޭ އަބްދުއްރަހުމާން އާދަމް އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާތައް ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ޕީޖީ އޮފީހުން ބުނީ 13 ޖުލައި 2025 ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އއ. މާޅޮސް، އޯކިޑްމާގެ، ޢަބްދުއްރަޙްމާން އާދަމް، އއ. މާޅޮސް، މާހިޔާގޭގެ ކޮޓަރިއެއްގައި ނިދާފައި އޮއްވައި، ފުރާނައަށް ގެއްލުން ލިބޭފަދަ ބޮޑެތި ޒަހަމްތަކެއްދީ މަރާލާފައިވާ މައްސަލާގައި ތުހުމަތުބވާ މީހުންނަށް ދަޢުވާ ކުރުމަށް 18 ނޮވެންބަރު 2025 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އއ. މާޅޮސް، ފިޔަ، އަޙްމަދު އާޝިދުގެ މައްޗަށް ދައުވާކުރަނީ:

ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

އއ. މާޅޮސް، ލިލީފެހި، މުޙައްމަދު ވިސާމްއާއި، އއ. މާޅޮސް، ފިނިވާގެ، އަޙްމަދު ފާރިސްގެ މައްޗަށް ދައުވާކުރަނީ:

ޤާނޫނު ނަންބަރު: 17/2010 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ ދަށުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ.

ގިނަ ޒަހަމްތަކަކާއެކު އަބްދުއްރަހްމާން މަރާލާފައި އޮއްވާ ފެނިފައިވަނީ މިދިޔަ ޖުލައި މަހުގެ 13 ވަނަ ދުވަހުގެ ރޭ އޭނާ ދިރިއުޅޭ ގެއިންނެވެ.

އަބްދުއްރަހްމާންގެ ހަށިގަނޑުގެ އޮޓޮޕްސީ ހެދުމަށް ފަހުގައި ވަނީ ވަޅުލާފައެވެ.

ފުލުހުން ބުނީ އޮޓޮޕްސީ ވަގުތީ ރިޕޯޓުން ވެސް އޭނާ ނިޔާވީ ބޮލަށް ދީފައިވާ އަނިޔާގެ ސަބަބުން ކަން ދައްކާ ކަމަށެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޢަބްދުއްރަޙްމާން މަރާލި މައްސަލައިގައި ދައުވާކޮށްފި ޚަބަރު | 2 ގަޑިއިރު ކުރިންސައީދުގެ 2 ވަނަ ޝަރީއަތް ފަށައިފިޚަބަރު | މަހެއް ކުރިންއެމް.އެމް.ޕީ.އާރު.ސީ ޚިޔާނާތުގެ އިތުރު މައްސަލައެއްގެ ތަޙްޤީޤު ނިންމައި ދަޢުވާކުރުމަށް ތައްޔާރުވެއްޖެޚަބަރު | 2 މަސް ކުރިންމާވަށުގައި މީހަކު މަރާލި މައްސަލަ: ދަޢުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި ޚަބަރު | 2 މަސް ކުރިން