logo
Bank of Maldives

Bank of Maldives

ޚަބަރު

ރައުދު، ކުށަށް އިއުތިރާފުވެއްޖެ؛ ހުކުމް ކުރުން އަންނަ ހަފްތާގައި

އިސްމާޢިލް ރާތިޢު
20 ނޮވެމްބަރު 2025 - 15:38
ރައުދު، ކުށަށް އިއުތިރާފުވެއްޖެ؛ ހުކުމް ކުރުން  އަންނަ ހަފްތާގައި

މިދިޔަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވާ ފެނުނު ޙައްވާ ޔުމްނު ރަޝީދުއާ އެއްކޮށް ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލުގެ މައްޗަށް ދައުލަތުން ކުރި ދައުވާއަށް އޭނާ އިއުތިރާފުވެއްޖެއެވެ.

މި ހާދިސާއާ ގުޅިގެން ރައުދުގެ މައްޗަށް، އެހީއަށް ބޭނުންވެފައިވާ މީހާއަށް އެކަށީގެންވާ ސަބަބެއްނެތި، އެހީތެރިކަން ފޯރުކޮށް ނުދިނުމުގެ ކުށުގެ ދައުވާކުރަން ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހެޅީ މެއި މަހުގެ ފަހުކޮޅެވެ. ރައުދު ވަނީ ބުދަ ދުވަހު އޮތް މައްސަލައިގެ އަޑުއެހުމުގައި އޭނާގެ މައްޗަށް ކުރާ ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ދެން ކުރިއަށް ގެންދާނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. އަދި އަންނަ ހަފްތާގައި މައްސަލައިގެ ހުކުމްކުރުން އޮންނާނެ ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައުދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެކެވެ.

ރައުދުގެ މައްޗަށް ދައުވާކުރާ ސަބަބެއް ކަމަށް ބުނެފައިވަނީ، ފެންޓެނޯއީ ގެއިން މިޓާޒް ގޭގެ ފުރާޅު މައްޗަށް ޔުމްނު ވެއްޓުނުކަން އެނގިހުރެ އޭނާއަށް އެހީތެރިވެދީފައި ނުވާތީއާއި ޔުމްނުއަށް އެހީތެރިކަން ހޯދުމަށް ކަމާ ގުޅުންހުރި އެއްވެސް އިދާރާއަކަށް ރިޕޯޓުކޮށްފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ފެންޓެނޯއީ ގެއިން ޖެހިގެން ހުރި މިޓާޒް ގޭގެ ފުރާޅުމައްޗަށް ޔުމްނު ވެއްޓުނު މައްސަލާގައި ބައިވެރިވުން އޮވެދާނެ ކަމަށް ތުހުމަތުކޮށް ރައުދު ކުރިން ބަންދު ކުރިއެވެ. އެކަމަކު، އޭނާ ބަންދުން ދޫކޮށްލުމަށް ފުލުހުންނަށް އިރުޝާދު ދިނީ، ރައުދު ފުލުހުންގެ ބަންދުގައި ބަހައްޓައިފިނަމަ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުގެ އަދަބަށްވުރެ ގިނަ ދުވަހު ބަންދުގައި ހުންނަން ޖެހިދާނެތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކުރިންވަނީ ބުނެފައެވެ.

މި ހާދިސާގެ ތަހުގީގުގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށާއި ފަރުވާކުޑަކުރި ފުލުހުންގެ މައްސަލަ ބަލާ، އިސްލާހީ ފިޔަވަޅު އެޅުން މުހިންމު ކަމަށް އެ މައްސަލަ ދިރާސާކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭން ގެއްލިގެން ހޯދި 15 އަހަރުގެ ކުއްޖާ ފެނިއްޖެޚަބަރު | 21 ގަޑިއިރު ކުރިންހުޅުމާލޭން 15 އަހަރުގެ ކުއްޖަކު ގެއްލިގެން ހޯދަނީޚަބަރު | ދުވަހެއް ކުރިންއިންޑޮނޭޝިއާގައި ކުރިއަށްދިޔަ ސައިބަރ ފްރޯޑް އިންވެސްޓިގޭޝަން ތަމްރީނެއްގައި ފުލުހުން ބައިވެރިވެއްޖެޚަބަރު | ދުވަހެއް ކުރިންއެންޕީއެމް ރިޕޯޓާ ގުޅިގެން މީޑިއާތަކުން ޚަބަރު ގެނެސްދިން ގޮތާ މެދު ފުލުހުންގެ ކަންބޮޑުވުން!ޚަބަރު | 2 ދުވަސް ކުރިން