ހޯމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސް
19 ނޮވެމްބަރު 2025 - 05:59

އަންނަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް)އިން ބުނެފިއެވެ.
މެންދުރަށް މައުލޫމާތު ދެމުން މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުން ފެށިގެން މުޅި ރާއްޖެއަށް މޫސުން ގޯސްވުމުގެ އިތުރަށް ވައިވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށެވެ.

Ad by Hajj Corporation
އެގޮތުން ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭއިރު ވައިޖެހޭނެކަމަށް ލަފާކުރަނީ ހުޅަނގާއި ހުޅަނގު އުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާއިި ދެމެދުގެ ބާރުމިނުގައި، އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލު ދެމެދުގެ ބާރުމިނުގައެވެ.
ދެކުނުގެ އަތޮޅުތަކަށް ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ފަސް ފޫޓު ހުންނާނެ ކަމަށް ލަފާ ކޮށްފައިވާއިރު އުތުރާއި މެދުރާއްޖެތެރޭ ރާޅުގެ އުސްމިނުގައި ދެ ފޫޓާއި ހަތަރު ފޫޓު ހުންނާނެ ކަމަށް ވަނީ ލަފާ ކޮށްފައެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މިހާރު ކުރަމުން ދަނީ އިރުވައި މޫސުމާއި ހުޅަނގު މޫސުން ބެދޭ ވިއްސާރަ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެއެވެެ.


