logo
MPL

MPL

ކުޅިވަރު

ޓިއުނީޝިއާ އާއި އެއްވަރުވެ އެންޗެލޮޓީ ޕްރެޝަރަށް

އަބްދުﷲ ޣާނިމް
19 ނޮވެމްބަރު 2025 - 06:09
ޓިއުނީޝިއާ އާއި އެއްވަރުވެ އެންޗެލޮޓީ ޕްރެޝަރަށް

ކާލޯ އަންޗެލޮޓީގެ ކޯޗުކަމުގެ ދަށުން ބްރެޒިލްގެ ފުޓްބޯޅަ ޓީމަށް އިތުރު ޕްރެޝަރާ ކުރިމަތިލާން ޖެހިއްޖެއެވެ. އެގޮތުން ރޭގައި ބްރެޒިލް ޓިއުނިޝިއާއާ ދެކޮޅަށް އެއްވަރުވިއިރު، ލޫކަސް ޕަކޭޓާ ވަނީ ދެވަނަ ހާފުގައި ލިބުނު ޕެނަލްޓީއެއް ބޭކާރުކޮށްލާފައެވެ. މި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ.

މެޗުގެ ކުރީކޮޅު ޓިއުނިޝިއާއިން ވަނީ ހައިރާންކުރުވަނިވި ގޮތަކަށް ލީޑު ނަގާފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ކައުންޓަރ އަކުން ޓިއުނީޝިއާ ވަނީ ގޯލުޖަހައި ލީޑުނަގާފައެވެ. މި ލަދުވެތި ނަތީޖާއިން ސަލާމަތްވީ ފުރަތަމަ ހާފުގެ ފަހުވަގުތު ލިބުނު ޕެނަލްޓީއަކުން ގޯލުޖަހައިގެންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ޕަކެޓާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މެޗުގެ 78 ވަނަ މިނެޓުގައި ބްރެޒިލް އަށް ލިބުނު ޕެނަލްޓީ ޕަކެޓާ ވަނީ ބޭރަށް ޖަހައި، ލީޑު ނެގުމަށް ލިބުނު ފުރުސަތު ގެއްލުވާލާފައެވެ.

އަންޗެލޮޓީގެ ކޯޗުކަމުގެ ދަށުން ބްރެޒިލްއަށް މިހާތަނަށް މާ ރަނގަޅު ނަތީޖާއެއް ނުނެރެވޭއިރު، ރޭގެ މެޗުގައިވެސް ގޯލް ޖެހުމުގެ ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަވިއެވެ. ބްރެޒިލްގެ މި ކުރިއެރުން ނުލިބުމަކީ އެ ޓީމުގެ ސަޕޯޓަރުންނަށް ކަންބޮޑުވާ ކަމެކެވެ. މިއާއެކު އަންނަ އަހަރުގެ ވޯލްޑްކަޕް ހޯދުމުގެ އަމާޒުގައި ޓީމާއި ހަވާލުވި ކޯޗު އެންޗެލޯޓީ އަށް ޕްރެޝަރާ ކުރިމަތިލާން ޖެހިފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮސްޓްރޭލިއާ ބަލިކޮށް ބްރެޒިލުން އެކުވެރިކަމުގެ މެޗު ކާމިޔާބުކޮށްފި ކުޅިވަރު | މަހެއް ކުރިންފަހުވަގުތުގައި ޖެހި ގޯލާއެކު ބްރެޒިލް ލަދުވެތި ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | މަހެއް ކުރިންއެފްރިކާގެ ޗެންޕިއަނުން ވަރުގަދަ ބްރެޒިލް ހިފަހަށްޓައިފިކުޅިވަރު | 5 މަސް ކުރިންބްރެޒިލްގެ ޓީމަށް އެންމެ ގިނަގޯލު ޖަހައިދިން ނޭމާ ހިމަނައި ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފިކުޅިވަރު | 6 މަސް ކުރިން