logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހުވަގުތުގައި ޖެހި ގޯލާއެކު ބްރެޒިލް ލަދުވެތި ބައްޔަކުން ސަލާމަތްވެއްޖެ

އަބްދުﷲ ޣާނިމް
25 ސެޕްޓެމްބަރު 2026 - 14:28
ފަހުވަގުތުގައި ޖެހި ގޯލާއެކު ބްރެޒިލް ލަދުވެތި ބައްޔަކުން ސަލާމަތްވެއްޖެ

މިއަދު އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގެ ފަހުވަގުތުގައި ރަޔާން ކާމިޔާބުކޮށްދިން ލަނޑާއެކު، 1-1 އިން އެއްވަރުވެ ބްރެޒިލް ބަލިނުވެ ލަދުވެތި ބައްޔަކުން ސަލާމަތްވެއްޖެއެވެ.

މި މެޗަކީ މިދިޔަ ހޫނުމޫސުމުގެ ވޯލްޑް ކަޕްގެ ގަދަ 16 ގައި ނޯވޭ އަތުން ބަލިވެ ކެޓި ފަހުން ބްރެޒިލް ކުޅުނު ފުރަތަމަ މެޗެވެ. އަދި އޮސްޓްރޭލިއާ އެންމެ ފަހުން ކުޅެފައިވަނީ ވެސް އެ މުބާރާތުގެ ގަދަ 32 ގެ ބުރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުއީންސްލޭންޑް ކަންޓްރީ ބޭންކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް އެސްޓެވާވް ވަނީ ބްރެޒިލަށް ލަނޑެއް ޖަހައިދީފައެވެ. ނަމަވެސް ވީއޭއާރު (VAR) ބެލުމަށްފަހު ރެފްރީ ވަނީ އެއީ ލަނޑެއް ނޫން ކަމަށް ނިންމާފައެވެ.

މެޗުގެ 68 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ވަނީ ލަނޑު ޖަހައި ކުރިހޯދާފައެވެ. މި ލަނޑަކީ ޕެނަލްޓީ އޭރިއާ ބޭރުން ނެސްޓޮރީ އިރަންކުންޑާ ފޮނުވާލި ހިތްގައިމު ހިލޭޖެހުމަކުން ގޯލުގެ މަތީ ކަނަށް ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

އޮސްޓްރޭލިއާ މޮޅުވާން ދަނިކޮށް، ބްރެޒިލް ސަލާމަތްކޮށްދިނީ މެޗުގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ބޯންމައުތުގެ ފޯވާޑް ރަޔާން ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑުންނެވެ.

މި ދެ ޓީމު ބައްދަލުކުރާ ދެވަނަ އެކުވެރިކަމުގެ މެޗު އަންނަ އަންގާރަ ދުވަހު ބްރިސްބޭންގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަހުވަގުތުގައި ޖެހި ގޯލާއެކު ބްރެޒިލް ލަދުވެތި ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންއެފްރިކާގެ ޗެންޕިއަނުން ވަރުގަދަ ބްރެޒިލް ހިފަހަށްޓައިފިކުޅިވަރު | 3 މަސް ކުރިންބްރެޒިލްގެ ޓީމަށް އެންމެ ގިނަގޯލު ޖަހައިދިން ނޭމާ ހިމަނައި ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފިކުޅިވަރު | 4 މަސް ކުރިންބްރެޒިލްގެ ޓީމަށް އެންމެ ގިނަގޯލު ޖަހައިދިން ނޭމާ ހިމަނައި ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފިކުޅިވަރު | 4 މަސް ކުރިން