logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބްރެޒިލްގެ ޓީމަށް އެންމެ ގިނަގޯލު ޖަހައިދިން ނޭމާ ހިމަނައި ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފި

އަބްދުﷲ ޣާނިމް
18 މޭ 2026 - 21:19
ބްރެޒިލްގެ ޓީމަށް އެންމެ ގިނަގޯލު ޖަހައިދިން ނޭމާ ހިމަނައި ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފި

2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް އެކުލަވާލި ބްރެޒިލްގެ ގައުމީ ޓީމުގެ ސްކޮޑުގައި އެ ގައުމުގެ ތަރި ނޭމާ ހިމަނައިފިއެވެ. ގިނަ ދުވަސްތަކެއް ވަންދެން ކުރެވުނު ބަހުސްތަކަށްފަހު، ކޯޗު ކާލޯ އަންޗެލޮޓީ ވަނީ ނޭމާ އަށް ޓީމުން ފުރުސަތު ދީފައެވެ.

ބްރެޒިލްގެ ސްކޮޑަށް ބަލާއިރު، ބާސެލޯނާގެ ރަފީނިއާގެ އިތުރުން ރެއާލް މެޑްރިޑްގެ ވިނީޝިއަސް ޖޫނިއާ އަދި އެންޑްރިކް ވަނީ ހިމަނާފައެވެ. އަދި ޕީއެސްޖީގެ ކެޕްޓަން މާކީނިއޯސް ވެސް ވަނީ ޑިފެންސްލައިނުން ޖާގަ ހޯދާފައެވެ. ނަމަވެސް، ޗެލްސީއަށް ކުޅެމުން އަންނަ ޔާއޯ ޕެޑްރޯ އާއި އަންދްރޭ ސަންޓޯސް އަށް މިފަހަރުގެ ސްކޮޑުން ޖާގައެއް ނުލިބެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބްރެޒިލްގެ ފުރިހަމަ ސްކޮޑު:

ގޯލްކީޕަރުން: އެލިސަން (ލިވަޕޫލް)، އެޑަސަން (ފެނަބާޗޭ) އަދި ވެވަޓަން (ގްރެމިއޯ).

ޑިފެންޑަރުން: ޑެނީލޯ (ފްލެމެންގޯ)، ވެސްލީ (ރޯމާ)، މާކީނިއޯސް (ޕީއެސްޖީ)، ގަބްރިއަލް މަގަލްހައެސް (އާސެނަލް)، ލިއޯ ޕެރޭރާ (ފްލެމެންގޯ)، ބްރެމާ (ޖުވެންޓަސް)، އިބާނޭޒް (އަލް އަހްލީ)، އެލެކްސް ސަންޑްރޯ (ފްލެމެންގޯ) އަދި ޑަގްލަސް ސަންޓޯސް (ޒެނިޓް).

މިޑްފީލްޑަރުން: ކަސެމީރޯ (މެންޗެސްޓާ ޔުނައިޓެޑް)، ބްރޫނޯ ގިމަރޭޒް (ނިއުކާސަލް)، ޑެނީލޯ (ބޮޓަފޯގޯ)، ފަބީނިއޯ (އަލް އިއްތިހާދު) އަދި ޕަކޭޓާ (ފްލެމެންގޯ).

ފޯވާޑުން: ވިނީޝިއަސް ޖޫނިއާ (ރެއާލް މެޑްރިޑް)، މަތިއަސް ކޫންހާ (މެންޗެސްޓާ ޔުނައިޓެޑް)، ނޭމާ (ސަންޓޯސް)، ރަފީނިއާ (ބާސެލޯނާ)، ރަޔާން (ބޯންމައުތް)، އީގޯ ތިއާގޯ (ބްރެންޓްފޯޑް)، ލުއިޒް ހެންރީކޭ (ޒެނިޓް)، ގަބްރިއަލް މާޓިނެލީ (އާސެނަލް) އަދި އެންޑްރިކް (އޮލިމްޕިކް ލިއޯން).

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޭމާ ޤައުމީ ޓީމަށް ކުޅުން ހުއްޓާލައި ރިޓަޔަރމަންޓް އިޢުލާންކޮށްފިކުޅިވަރު | 4 ގަޑިއިރު ކުރިންއެފްރިކާގެ ޗެންޕިއަނުން ވަރުގަދަ ބްރެޒިލް ހިފަހަށްޓައިފިކުޅިވަރު | 22 ދުވަސް ކުރިންމުޅި ދުނިޔެ އެ ކުޅިވަރަކަށް ލޯހުއްޓޭ ވޯލްޑްކަޕް މިރޭ ފަށަނީ، މިއީ ފަހުގެ ތާރީޚެއްގައި އުފެދުނު އެންމެ މޮޅު 3 ކުޅުންތެރިންގެ ފަހު ފެނިލުންކުޅިވަރު | 25 ދުވަސް ކުރިންބްރެޒިލްގެ ޓީމަށް އެންމެ ގިނަގޯލު ޖަހައިދިން ނޭމާ ހިމަނައި ވޯލްޑްކަޕް ސްކޮޑް އިޢުލާންކޮށްފިކުޅިވަރު | 2 މަސް ކުރިން