logo
Bank of Maldives

Bank of Maldives

ޚަބަރު

ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފި

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 06:26
 ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން  ހަތަރު މީހަކު ހައްޔަރުކޮށްފި

މާލެ، ހ. އަރިހިޔާ ގޭގެ ތިންވަނަ ފަންގިފިލާގައި ހިންގަމުންދާ "ޕީސް ސެލޫން އެންޑް ސްޕާ" ބަލައިފާސްކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.

 

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ މި ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ ފައިސާގެ މުޤާބިލުގައި ޖިންސީ ކުށުގެ އަމަލު ހިންގައި ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންކަމަށެވެ.

 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތައިލެންޑް ތިން އަންހެނުންނާއި ދިވެހި ފިރިހެނެކެވެ. އެއީ ގއ. ވިލިނގިލި / ރިވެލި، މުޙައްމަދު ސަމާމް ރަޝީދު (28އ) އާއި، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) އެވެ.

 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރކުރުމުން މުޙައްމަދު ސަމާމް ރަޝީދު (28އ)ފަސްދުވަހަށް، ޖުންޕެން ކުމްބޮންޕިޓަކް (38އ) އާއި ސުޕަވަޑީ ޖޮމްޓަރަކު (21އ) ތިންދުވަހަށް އަދި ޕަޓްޗަރިދާ ބަންނަބޮޑީ (24އ) 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

 

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަންމަގެ ރުހުމުގައި ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއްޚަބަރު | ގަޑިއިރެއް ކުރިން ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންއަންހެނަކަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން މައްސަލަނީޚަބަރު | 2 ދުވަސް ކުރިންދެ އަހަރުގެ ތެރޭގައި ގޭންގު ކުށްތައް 23 އިންސައްތަ ދަށްކޮށްފި ޚަބަރު | 2 ދުވަސް ކުރިން