logo
Bank of Maldives

Bank of Maldives

ޚަބަރު

މަންމަގެ ރުހުމުގައި ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
19 ނޮވެމްބަރު 2025 - 08:08
މަންމަގެ ރުހުމުގައި ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއް

ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދީއްތަ ދުހު ގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގެ ތަފްސީލުތައް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓުތަކުން ދައްކާގޮތުން މިކަން ހިނގާފައި ވަނީ ކުދިންގެ މަންމަގެ ރުހުމާއި އެކުއެވެ.

ފުލުހުން މިއަދު ބުނެފައި ވަނީ، ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް އެ އިދާރާ އަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ. ފުލުހުން މި މައްސަލައާއި ގުޅޭ އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓުގައިވާ ގޮތުން، ޒިންމާދާރު މަގާމެއްގައި ހުރި މީހަކު ވަނީ އޭނާ ރައްޓެހިވެގެން އުޅޭ އަންހެނެއްގެ ދެ އަންހެން ދަރިންނަށް ޖިންސީ ގޯނާކޮށްފައެވެ. މި ތުހުމަތުތައް ބުނާގޮތުން، މި އަންހެން މީހާގެ ރުހުމުގައި، އެ މީހާ ވަނީ ކުދިންނަށް ޖިންސީ ގުޅުން ހިންގާ މަންޒަރު ދައްކައި، ގްރޫމް ކުރުމަށްފަހު ޖިންސީ ގޯނާކޮށްފައެވެ. މިފަދަ ނުރައްކާތެރި ތުހުމަތުތަކެއް މީސްމީޑިއާގައި ފެންމަތިވެފައިވާއިރު، މި މައްސަލަ ފުލުހުން ސީރިއަސްކޮށް ބަލަމުންދާ ކަމަށް ވަނީ ބެލެވިފައެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކަކީ ރާއްޖޭގައި ވަރަށް ސީރިއަސް މައްސަލަތަކެއް ގޮތުގައި ބަލާ މައްސަލަތަކެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަންމަގެ ރުހުމުގައި ކުޑަ ދެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ބުނާ މައްސަލައެއްޚަބަރު | 2 ގަޑިއިރު ކުރިން ހަށިވިއްކުމުގެ ވިޔަފާރިކުރަމުންދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިޚަބަރު | 4 ގަޑިއިރު ކުރިންއަންހެނަކަށް ޖިންސީ އަނިޔާކޮށްފައިވާކަމަށް ތުހުމަތުކުރެވިގެން މައްސަލަނީޚަބަރު | 2 ދުވަސް ކުރިންދެ އަހަރުގެ ތެރޭގައި ގޭންގު ކުށްތައް 23 އިންސައްތަ ދަށްކޮށްފި ޚަބަރު | 2 ދުވަސް ކުރިން