logo
Bank of Maldives

Bank of Maldives

ޚަބަރު

އޮކްޓޯބަރު މަހު އެންސްޕާއިން ބޭސްފަރުވާއަަށް 45 މިލިއަން ރުފިޔާ ދޫކުރި

އާމިނަތު ޝަފާ
19 ނޮވެމްބަރު 2025 - 06:45
އޮކްޓޯބަރު މަހު އެންސްޕާއިން ބޭސްފަރުވާއަަށް 45 މިލިއަން ރުފިޔާ ދޫކުރި

މިދިޔަ މަހު އެންސްޕާ އިން ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް 45.1 މިލިއަން ރުފިޔާ ދޫކޮށްފިއެވެ.

އެންސްޕާއިން އާއްމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ބޭސްފަރުވާގެ ކަންކަން ހަމަޖެއްސުމަށް މިދިޔަމަހު 45،197،049.90 ރުފިޔާ ދޫކޮށްފައިވާއިރު ރާއްޖެއިން ބޭރުން ފަރުވާ ކުރުމަށް ޓަކައި މިދިޔަ މަހު 17،058،135.71 މިލިއަން ރުފިޔާ ދޫކޮށްފައިވެއެެވެ. އަދި ރާއްޖެއިން ފަރުވާ ކުރުމަށް ޓަކައި 28،138،914.19 މިލިއަން ރުފިޔާ ދޫކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ހަރަދުކޮށްފައި ވަނީ ކެންސަރު ބައްޔާއި، ކަށީގެ ބަލީތަކުގެ އިތުރުން ވިހެއުމަށާއި ނޭވާލާ ނިޒާމްތަކުގެ ބަލިތަކަށެވެ. އެގޮތުން، ކެންސަރު ބަލީގެ 135 ކޭސްއަކަށް ފައިސާ ދޫކޮށްފައިވާއިރު، ކަށީގެ ބަލިތަކާ ގުޅޭ 130 ކޭސް އަދި ވިހެއުމާއި ގުޅިގެން 124 ކޭސްއަކަށް ފައިސާ ދޫކޮށްފައިވާއިރު، ނޭވާލާނިޒާމްގެ ބަލިތަކުގެ 114 ކޭސްއަކަށް ފައިސާ ދޫކޮށްފައިވެއެވެ.

މީގެ އިތުރުން، ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމްގެ ދަށުން، މިދިޔަ މަހު 532 މީހަކަށް 17،705،335 ރުފިޔާ ވަނީ ހަމަޖައްސައިދީފައެވެ. ހަމައެއާއެކު، ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް 69 މީހަކަށް 382،884 ރުފިޔާ އެ އެޖެންސީން ވަނީ ހަަމަޖައްސައިދީފައެވެ.

ރާއްޖޭގެ ދެ ޕްރައިވެޓް ހޮސްޕިޓަލެއްގައި އެނދުމަތިކޮށްގެން ފަރުވާ ހޯދި ބަލިމީހުންނަށް 6.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދަރުކޮށްފައިވާއިރު އޭޑީކޭ ހޮސްޕިޓަލާއި ހުޅުމާލޭގައި ހުންނަ ޓްރީޓޮޕް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދި ޖުމްލަ 501 މީހަކަށް އެކަނިވެސް 6،432،037.24 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

އެންސްޕާއިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި ބޭސްފަރުވާގެ އެހީގެ ޕްރޮގްރާމް، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަހަލައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް، ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމްގެ އިތުރުން އިޖުތިމާއީ ސިއްހީ އިންޝުއަރެންސް ސްކީމް ހިމެނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮކްޓޯބަރު މަހު އެންސްޕާއިން ބޭސްފަރުވާއަަށް 45 މިލިއަން ރުފިޔާ ދޫކުރިޚަބަރު | 2 ގަޑިއިރު ކުރިންދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި ޚަބަރު | 3 ދުވަސް ކުރިންއެންސްޕާގެ ފަސް ހިދުމަތެއް ވަންގަވް އަށް ޚަބަރު | 4 ދުވަސް ކުރިން އޮކްޓޯބަރު މަހުގެ ނިޔަލަށް އައިވީއެފް ފަރުވާ އަށް 7.13 މިލިއަން ރުފިޔާ ދޫކުރިޚަބަރު | 6 ދުވަސް ކުރިން