logo
Bank of Maldives

Bank of Maldives

ޚަބަރު

ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

އާމިނަތު ޝަފާ
16 ނޮވެމްބަރު 2025 - 10:42
ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފި

އެއަރ އެމްބިއުލްންސްގެ ޚިދުމަތް ފުޅާކުރުމުގެގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ ދަށުން ދުބާއީ އަދި ތައިލެންޑަށް އެއަރ އެމްބިއުލާންސްގެ ދަތުރުތައް ފެއްޓުމަށްޓަކައި ޞިއްޙީ ވުޒާރާއާއި އައިލެންޑް އޭވިއޭޝަން އަދި އެންސްޕާއާއި އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 

މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތުގެ ނާއިބު އަޙްމަދު ހަމްދާން ނާސިރު އެވެ. އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް އިޔާޒު އަދި އެންސްޕާގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އެގްޒަކެޓިވް އޮފިސަރ ހީނާ ވަލީދުއެވެ.                                        

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް، ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅެކެވެ. އެއަރ އެމްބިލަންސްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒުގެ، ރިޔާސީ ވައުދުތަކުގެ ތެރެއިން ސަރުކާރުގެ ހަފްތާ14ގައި ހިމަނުއްވާ، 1 މާރިޗް 2024ން ފެށިގެން ދެމުންދާ ޚިދުމަތެކެވެ.

ޞިއްޙީ ވުޒާރާގެ ދަށުން، މޯލްޑިވްސް އެމެޖެންސީ މެޑިކަލް ސަރވިސަސް އުފައްދަވައި، މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުމުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ ޑޮކްޓަރުން، ނަރުހުން، އިމަޖެންސީ މެޑިކަލް ޓެކްނީޝަނުން، ކޯލް ސެންޓަރ މުވައްޒަފުން އަދި ޑްރައިވަރުން ދަނީ މަސައްކަތްކުރަމުންނެވެ.

މިގޮތުން މިހާތަނަށް، 1840 (އަށާރަސަތޭކަ ސާޅިސް) ބަލިމީހުން، ރާއްޖޭގެ އެކި ކަންކޮޅުތަކުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ ޙާލަތްތަކުގައި، ފަރުވާ ދިނުމަށް، މާލެ ޞަރަހައްދަށް އެއަރ އެމްބިއުލަންސްގައި ގެނެވިފައިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެންސްޕާގެ ޚިދުމަތްތައް ޑިޖިޓަލް ކުރުމުން، އަވަހަށް ޚިދުމަތް ލިބުމަށް މަގުފަހިވެގެންްދާނެ: ހީނާ ވަލީދު ޚަބަރު | 11 ދުވަސް ކުރިންހއ. އަތޮޅު ހޮސްޕިޓަލުގެ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ހަވާލުކޮށްފިޚަބަރު | 12 ދުވަސް ކުރިންއައިނު ހައްދަން ދޭ އެހީ ބޮޑުކުރި ފަހުން 47 މިލިޔަން ރުފިޔާ ޚަރަދުކޮށްފިޚަބަރު | 13 ދުވަސް ކުރިންބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމަށް ޒަކާތު ފަންޑުން ތިން އަހަރު ތެރޭ 24 މީހަކަށް އެހީވިޚަބަރު | 16 ދުވަސް ކުރިން