logo
Bank of Maldives

Bank of Maldives

ޚަބަރު

ދުންފަތާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އިންޓަރނޭޝަނަލް އެވޯޑެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
20 ނޮވެމްބަރު 2025 - 02:47
ދުންފަތާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އިންޓަރނޭޝަނަލް އެވޯޑެއް

 

ރައްޔިތުންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ދުންފަތް ކޮންޓްރޯލް ކުރަން ރާއްޖޭގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކޮށް ބައިނަލް އަގުވާމީ ޖަމިއްޔާއަކުން ރާއްޖެއަށް އެވޯޑެއް ދީފި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދުންފަތް ކޮންޓްރޯލް ކުރަން ގައުމުތަކުގައި ތަންފީޒުކުރާ ސިޔާސަތުތަކާއި އެ ސިޔާސަތުތައް ތަންފީޒުކުރާ ގޮތް ދިރާސާކުރާ، "ގްލޯބަލް ސެންޓަ ފޯ ގުޑް ގަވާނެންސް އިން ޓޮބޭކޯ ކޮންޓްރޯލް (ޖީޖީޓީސީ)" އިން ރާއްޖެ އަށް ދިނީ އެ ޖަމިއްޔާ އިން ދެމުން އަންނަ "އިންޓެގްރިޓީ" އެވޯޑެވެ.

މި އެވޯޑަކީ ދުންފަތް ކޮންޓްރޯލް ކުރުމުގެ ސިޔާސަތުތަކަކީ ދެފުށް ފެންނަ، އިހުލާސްތެރި އަދި ދުންފަތުގެ ވިޔަފާރިކުރާ އިންޑަސްޓްރީގެ ނުފޫޒުން ސަލާމަތް ވެފައިވާ ސިޔާސަތެއްކަން ކަށަވަރުކުރަން ކުރާ ދިރާސާތަކަށް ބަލައި ދޭ އެވޯޑެކެވެ.

ރާއްޖެއަށް އެ އެވޯޑު ދިނުމުގައި ޖީޖީޓީސީ އިން ރިއާޔަތްކުރި ކަންތައްތަކުގެ ތެރޭގައި، އެ ޖަމިއްޔާ އިން ކޮންމެ ދެ އަހަރަކުން އެއް ފަހަރު ޝާއިއު ކުރާ "ޓޮބޭކޯ އިންޑަސްޓްރީ އިންޓަފަރެންސް އިންޑެކްސް" ގައި ރާއްޖެއަށް ލިބުނު ސްކޯ ހިމެނެ އެވެ.

އެ އެވޯޑާ ރާއްޖެއާ ހަވާލުކުރީ މި މަހުގެ 17 އިން 22 އަށް ސްވިޒަލޭންޑްގެ ޖެނީވާގައި ކުރިއަށް ގެންދާ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ "ފްރޭމްވޯކް ކޮންވެންޝަން އޮން ޓޮބޭކޯ ކޮންޓްރޯލް، (އެފްސީޓީސީ)" ގެ ގަވަނަންސް ބައްދަލުވުން "ކޮންފަރެންސް އޮފް ދަ ޕާޓީސް (ކޮޕް)" ގެ 11 ވަނަ ސެޝަންގެ ހަވާސާގަ އެވެ. ރާއްޖޭގެ ފަރާތުން އެ އެވޯޑާ ހަވާލުވެވަޑައިގަތީ ޖެނީވާގައި ހުންނަވާ ރާއްޖޭގެ ސަފީރު ޑރ. ސަލްމާ ރަޝީދެވެ. ރާއްޖެއަކީ އެފްސީޓީސީގެ މެންބަރު ގައުމެކެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ރާއްޖެއިން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅާފަ އެވެ. އޭގެ ތެރޭގައި، މިދިޔަ އަހަރުގެ ޑިސެމްބަރު 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކޮށްފައިވެ އެވެ. އަދި ވޭޕާއި އީ-ސިނގިރޭޓު އެތެރެކުރުން ވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 15 އިން ފެށިގެން ވަނީ މަނާކޮށްފަ އެވެ.

މީގެ އިތުރުން، ދުންފަތާ ދެކޮޅަށް ޖެނެރޭޝަނަލް ބޭންއަށް ވެސް މި މަހުގެ އެކަކުން ފެށިގެން ވަނީ އަމަލުކުރަން ފަށައިފަ އެވެ. އެގޮތުން، 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ ކުދިންނަށް އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން ރާއްޖޭގައި ވަނީ މަނާކޮށްފަ އެވެ. މި ފިޔަވަޅުތަކަކީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގެ މުހިންމު ބައެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ؛ ރައީސް ބައިވެރިވެޑައިގަންނަވާނެ!ޚަބަރު | 2 ގަޑިއިރު ކުރިން75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ބިލު ރައީސް ތަސްދީގުކުރައްވައިފިޚަބަރު | 7 ގަޑިއިރު ކުރިންރައީސް ކުރައްވާ މަސައްކަތުގެ ފޮނި މީރުކަން ދަނީ ފެންނަމުން: މާލީ ވަޒީރުޚަބަރު | 2 ދުވަސް ކުރިންހއ. ދިއްދޫ އެއަރޕޯޓު އެޅުމަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ފަށައިފިޚަބަރު | 3 ދުވަސް ކުރިން