logo
Bank of Maldives

Bank of Maldives

ޚަބަރު

ފްލޯޓިންގ ސޯލާ ޕީވީ ބަހައްޓާ ސައިޓްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފި

އައިޝަތު ނަޝާ
20 ނޮވެމްބަރު 2025 - 07:05
 ފްލޯޓިންގ ސޯލާ ޕީވީ ބަހައްޓާ ސައިޓްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފި

ލޯޓިންގ ސޯލާ ޕީވީ ސިސްޓަމްތައް ބަހައްޓާ ސައިޓްތަކުގެ މައުލޫމާތު އެއްކުރުމަށް ޚާއްސަ ސިސްޓަމްތަކެއް ރާއްޖޭގެ ތިން ސަރަހައްދެއްގައި ބަހައްޓައިފިއެވެ.

މި ސިސްޓަމްތައް ބަހައްޓާފައިވަނީ މ. މުލި، މ. މުލައް އަދި ފ. ނިލަންދޫގައެވެ.

Ad by Hajj Corporation

Ad by Hajj Corporation


 މި މަސައްކަތަކީ ދިވެހިރާއްޖޭގެ ހަކަތަ އުފެއްދުމުގެ %33 އިޔާދަ ކުރުވަނިވި ހަކަތައަށް ބަދަލުކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި އަޅާ މުހިންމު ފިޔަވަޅެއް ކަމަށް އެންވާރްމަންޓް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މި މަސައްކަތުގެ ދަށުން، ސޯލާ ޕެނަލްތައް ފެނުމަތީގައި ބެހެއްޓުމަށް އެންމެ އެކަށޭނަ ތަންތަން ދެނެގަތުމަށް ބޭނުންވާ ތަފާތު މައުލޫމާތުތައް މި ސާމާނު މެދުވެރިކޮށް އެއްކުރެވޭނެއެވެ. މީގެ ތެރޭގައި އެ ސަރަހައްދުގެ މޫސުމާއި، ކަނޑުގެ ރާޅުގެ ހާލަތާއި، އަދި އެހެނިހެން ތިމާވެށީގެ ކަންކަމާ ގުޅޭ މައުލޫމާތުތައް ހިމެނެއެވެ. މި މައުލޫމާތުތައް ނެގުމަކީ، ފެނުމަތީގައި ސޯލާ ޕެނަލްތައް ބެހެއްޓުމުގެ މަޝްރޫޢުތައް ރާވައި ހިންގުމުގައި އެންމެ ރަނގަޅު ގޮތްތައް ކަނޑައެޅުމަށް އަސާސީ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މި މަސައްކަތް ކުރިއަށް ދަނީ، ދިވެހިރާއްޖޭގެ ހަކަތަ ސެކްޓަރ ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް އެހީތެރިވުމަށް އަމާޒުކޮށްފައިވާ "އެސުއާރ" މަޝްރޫޢުގެ ދަށުންނެވެ. މި މަޝްރޫޢަކީ އިޔާދަކުރަނިވި ހަކަތައިގެ ބޭނުންކުރުން އިތުރުކޮށް، ގައުމީ ހަކަތަ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކުރެވޭ ހަރަކާތްތަކުގެ މުހިންމު ބައެކެވެ.

ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ ޖުމްލަ %33، އިޢާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް އަމާޒު ހިފާފައިވާކަން ސަރުކާރުން އިއުލާން ކުރެއްވީ، ކޮޕް 28 ސަމިޓުގެ ތެރެއިންނެވެ. މިއީ އިޢާދަކުރަނިވި ހަކަތައިގެ ދާއިރާއިން ރާއްޖޭގައި މިހާރު ކުރެވޭ އެންމެ ބޮޑު އެއް މަސައްކަތެވެ. އަދި މިކަމުގެ ސަބަބުން ތެލަށް ކުރާ ޚަރަދު ކުޑަކުރެވި، ދައުލަތުގެ މާލިއްޔަތުން ބޮޑު އިންސައްތައެއް ސަލާމަތް ކުރެވޭނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

24 ރަށެއްގައި އިއާދަކުރަނިވި ހަކަތަ އުފައްދަން ތައްޔާރުވެއްޖެޚަބަރު | 4 ގަޑިއިރު ކުރިން ފްލޯޓިންގ ސޯލާ ޕީވީ ބަހައްޓާ ސައިޓްތަކުގެ މައުލޫމާތު އެއްކުރަން ފަށައިފިޚަބަރު | 3 މަސް ކުރިން