ލާރީގެ މައްސަލައިގައި ބާސެލޯނާއިން ލެވަންޑޮވްސްކީ ގޯލުޖެހުން ހުއްޓުވިކަމުގެ ތުހުމަތުތަކެއް ފެންމަތިވެއްޖެ
21 ނޮވެމްބަރު 2025 - 15:30

ބާސެލޯނާގެ ފޯވާޑް ރޮބަރޓް ލެވަންޑޯސްކީގެ ފުރަތަމަ ސީޒަން ނިމުނުއިރު، ކްލަބުގެ އިސްވެރިން އޭނާގެ ކިބައިން ގޯލު ޖެހުން ހުއްޓާލުމަށް އެދިފައިވާ ކަމަށް ބުނާ ވާހަކައެއް، ސެބަސްޓިއަން ސްޓަޝެވްސްކީގެ ފޮތުގައި ރިޕޯޓްކޮށްފިއެވެ. މިކަން ހިނގާފައިވާ ގޮތުން މިހާރު ބާސެލޯނާއަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.
މި ފޮތުގައިވާ ގޮތުން، ބާސެލޯނާގެ ރަސްމީ އެއް އޮފިޝަލަކު ގޯލުޖެހުމާއި ގުޅޭގޮތުން ލެވަންޑޯސްކީއާ ވާހަކަ ދައްކާފައިވެއެވެ. އެގޮތުން ، "ރޮބަރޓް، އަހަރެމެން ބޭނުން މިދެން އަންނަ ދެ މެޗުގައި ގޯލު ނުޖެހުން،" މިހެން ބުނެއެވެ. އެ ވާހަކަ ދެއްކިއިރު ކްލަބުގެ ރައީސް ޖޯން ލަޕޯޓާ ވެސް އެތަނުގައި ހުރިކަމަށްވެއެވެ. މިކަމާ ގުޅިގެން އެތަނުގައި ތިބި ބައެއް އޮފިޝަލުނަށް ހައިރާންކަން ގެނުވިއެވެ. އަދި ލެވަންޑޯސްކީ މިކަމާ ވަރަށް ބޮޑަށް ހައިރާންވި ކަމަށް ވެސް ފޮތުގައި ބަޔާންކޮށްފައިވެއެވެ.

Ad by Hajj Corporation
މިކަން ހިނގަން މެދުވެރިވި ސަބަބަކީ، އެދުވަސްވަރު ބާސެލޯނާއަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ކްލަބުން ޚަރަދު ކުޑަކުރަން މަޖުބޫރުވުމެވެ. އެގޮތުން، ލެވަންޑޯސްކީ ސްޕެނިޝް ލީގުގައި 25 ގޯލު ޖަހައިފިނަމަ، ކްލަބުން އޭނާއަށް 2.5 މިލިއަން ޔޫރޯގެ ބޯނަހެއް ބަޔާންއަށް ދޭން ޖެހޭނެއެވެ. މިއީ ކްލަބުގެ މާލީ ހާލަތަށް ބަލާއިރު ބޮޑު އަދަދެކެވެ.
އެހެންކަމުން، 2022/2023 ލަލީގާ ސީޒަންގެ ފަހު ދެ މެޗުގައި ލެވަންޑޯސްކީ ނިންމާލީ ގޯލެއް ނުޖަހައެވެ. އޭނާ އެ ސީޒަން ނިންމާލީ 23 ގޯލާއެކުއެވެ. މިކަމުން ދައްކުވައިދެނީ ކްލަބުގެ މާލީ ހާލަތު ރަނގަޅުކުރުމަށްޓަކައި، ކުޅުންތެރިއަކު އޭނާގެ ފެންވަރު ދައްކާލުން ހުއްޓާލުމަށް އެދެން ޖެހުނު މިންވަރެވެ.


