logo
Bank of Maldives

Bank of Maldives

ކުޅިވަރު

އަނިޔާގެ މައްސަލައިގައި ޔަމާލް ޤައުމީ ޓީމުން ކުއްލިގޮތަކަށް ވަކިވުމާއެކު ސްޕެއިން ޓީމާއި ބާސާއާ ދެމެދު މައްސަލަތަކެއް

އަބްދުﷲ ޣާނިމް
11 ނޮވެމްބަރު 2025 - 16:04
 އަނިޔާގެ މައްސަލައިގައި ޔަމާލް ޤައުމީ ޓީމުން ކުއްލިގޮތަކަށް ވަކިވުމާއެކު ސްޕެއިން ޓީމާއި ބާސާއާ ދެމެދު މައްސަލަތަކެއް

އެފްސީ ބާސެލޯނާގެ ޒުވާން ތަރި ލާމީން ޔަމާލް، ކުރިޔަށް އޮތް ވޯލްޑް ކަޕް ކޮލިފައިންގެ ފަހު ދެ މެޗުގައި ސްޕެއިންގެ ގައުމީ ޓީމަށް ނުކުޅޭނެކަން ކޯޗު ލުއިސް ޑެ ލާ ފުއެންޓޭ ހާމަކޮށްފިއެވެ. މި ނިންމުން ނިންމާފައިވަނީ އުމީ ޓީމުގެ މެޑިކަލް ސްޓާފަށް އެއްވެސް މައުލޫމާތެއް ނުދީ ކުއްލި ގޮތަކަށް ޔަމާލް ޓީމާއި ގުޅުނު ފަހުން، 'ޕިޔުބަލްޖިއާ' އަށް ފަރުވާ ދިނުމަށްޓަކައި ހޯމަ ދުވަހު 'އިންވޭސިވް ރޭޑިއޯފްރީކުއެންސީ' އުސޫލެއްގެ ދަށުން އޮޕަރޭޝަނެއް ކޮށްފައިވާކަން، އެންގުމާ ގުޅިގެންނެވެ. ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަން (އާރްއެފްއީއެފް) އިން ވަނީ މިކަމާ ގުޅިގެން 'ހައިރާންކަމާއި ކަންބޮޑުވުން' ފާޅުކޮށްފައެވެ.

އާރްއެފްއީއެފްގެ ރަސްމީ ބަޔާނެއްގައި ބުނެފައިވަނީ، "ގައުމީ ޓީމުގެ ތަމްރީނުތައް ރަސްމީކޮށް ފެށި ހޯމަ ދުވަހުގެ މެންދުރު 1:47 ގައި، ލަމީން ޔަމާލް ވަނީ އެދުވަހުގެ ހެނދުނު 'އިންވޭސިވް ރޭޑިއޯފްރީކުއެންސީ' އުސޫލެއްގެ ދަށުން އޮޕަރޭޝަނެއް ކޮށްފައިވާކަން އެނގުމުން، އާރްއެފްއީއެފްގެ މެޑިކަލް ސާވިސަސް އިން މިކަމާ ގުޅިގެން ހައިރާންކަމާއި ކަންބޮޑުވުން ފާޅުކުރެއެވެ."

Ad by Hajj Corporation

Ad by Hajj Corporation

ފެޑެރޭޝަނުން އިތުރަށް ބަޔާންކުރި ގޮތުގައި، މި މެޑިކަލް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ގައުމީ ޓީމުގެ ސްޓާފަށް އެއްވެސް މައުލޫމާތެއް ނުދީއެވެ. އަދި މިކަމާ ގުޅޭ ރިޕޯޓެއް ލިބިފައިވަނީ ހަމަ އެރޭގެ 10:40 ގައި ކަމަށާއި، އެ ރިޕޯޓުގައި ކުޅުންތެރިޔާ 7 އިން 10 ދުވަސް އަރާމުކުރުމަށް ލަފާދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

މި ހާދިސާ ހިނގާފައި މިވަނީ، މިދިޔަ ސެޕްޓެމްބަރު މަހު ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް، ޑެ ލާ ފުއެންޓޭ އަށް ފާޑުކިޔުން އަމާޒުކޮށް، ޔަމާލް ސްޕެއިންގެ ގައުމީ ޓީމާ އެކު އުޅުމަށްފަހު އަނިޔާވެގެން ބާސެލޯނާއަށް އެނބުރި އައުމުން، ކުޅުންތެރިންނަށް 'ރަނގަޅަށް ބަލަހައްޓާފައި ނުވާ' ކަމަށް ބުނެފައިވާ ދަނޑިވަޅެއްގައެވެ. ސްޕެއިންގެ ކުރިއަށް ހުރި މެޗުތައް ކަމަށްވާ ޖޯޖިއާ (ހޮނިހިރު ދުވަހު ޓިބިލިސީގައި) އަދި ތުރުކީ (އަންގާރަ ދުވަހު ސެވިލްގައި) ކުޅުމަށް ކައިރިވެފައިވާތީ، ޑެ ލާ ފުއެންޓޭ ނިންމެވީ ލާމީން ޔަމާލް ސްކޮޑުން ވަކިކުރެއްވުމަށެވެ. ކުޅުންތެރިޔާ އަންގާރަ ދުވަހު ބާސެލޯނާއަށް އެނބުރި ގޮސް، ކްލަބުގެ ބެލުމުގެ ދަށުން ފަރުވާ ކުރިއަށް ގެންދާނެއެވެ.

ބަޔާން ނިންމާލަމުން އާރްއެފްއީއެފް އިން ބުނެފައިވަނީ، "މި ހާލަތާ ގުޅިގެން، އަދި ކުޅުންތެރިޔާގެ ސިއްހަތާއި ރައްކާތެރިކަމަށް އިސްކަންދީ، އާރްއެފްއީއެފް އިން ވަނީ އޭނާ މިހާރުގެ ސްކޮޑުން ވަކިކުރުމަށް ނިންމާފައެވެ. އަޅުގަނޑުމެން އުއްމީދުކުރަނީ އޭނާ އަވަހަށް ރަނގަޅުވެ، ފުރިހަމަ ސިއްހަތެއްގައި އަނބުރާ އަންނާނެ ކަމަށެވެ."

މީގެ ކުރިންވެސް ޔަމާލްގެ އަނިޔާގެ ހާލަތައް ނުބަލައި ޔަމާލް ލައްވާ ސްޕެއިން ޓީމުން އޭނާ ކުޅުވާފައިވާކަމަށް ބާސެލޯނާއިން ކަންބޮޑުވުން ފަޅުކުރުމާއި ގުޅިގެން ޓީމާދެމެދު ނުތަނަވަސްކަން އުފެދިފައިވެއެވެ. ޔަމާލް އަނިޔާއިން ސަލާމަތްވެ، މުޅިން ފިޓްވެގެން މެޗު ކުޅެން ފަށާފައިވަނީ މީގެ 2 ހަފްތާކުރިންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނިޔާގެ މައްސަލައިގައި ޔަމާލް ޤައުމީ ޓީމުން ކުއްލިގޮތަކަށް ވަކިވުމާއެކު ސްޕެއިން ޓީމާއި ބާސާއާ ދެމެދު މައްސަލަތަކެއްކުޅިވަރު | 13 ގަޑިއިރު ކުރިންމެޑްރިޑް އެއްވަރުވުމުގެ ފައިދާނަގައި ބާސެލޯނާއިން ފަރަޤު ކުޑަކޮށްފިކުޅިވަރު | 2 ދުވަސް ކުރިންޔޫރަޕުގެ އެންމެ ފުރިހަމަ އެއްދަނޑުކަމަށްވާ ކޭމްޕް ނޫ 894 ދުވަސްފަހުން ހުޅުވައިފިކުޅިވަރު | 5 ދުވަސް ކުރިންބާސެލޯނާ ހުތުރު ބައްޔަކުން ސަލާމަތްވެއްޖެކުޅިވަރު | 6 ދުވަސް ކުރިން