logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލް މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާއިން އަބުރުގެ ދަޢުވާކުރަނީ

އަބްދުﷲ ޣާނިމް
11 ޖޫން 2026 - 03:58
ރެއާލް މެޑްރިޑް އާއި ދެކޮޅަށް ބާސެލޯނާއިން އަބުރުގެ ދަޢުވާކުރަނީ

އެފްސީ ބާސެލޯނާއިން ރެއާލް މެޑްރިޑާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވަމުންދާކަން އެ ކްލަބުގެ ނައިބު ރައީސް ރަފާ ޔުސްޓޭ މިއަދު އިއުލާން ކުރައްވައިފިއެވެ. އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔުސްޓޭ ވިދާޅުވީ ބާސެލޯނާގެ ނަމާއި އަބުރަށް ހުތުރުވާ ފަދަ އެއްވެސް ކަމަކަށް އެ ކްލަބުން ފުރުސަތު ނުދޭނެ ކަމަށެވެ.

ޔުސްޓޭ ވިދާޅުވީ، "އަހަރެމެން ކޯޓުގައި ބައްދަލުކުރާނަން. ބާސެލޯނާގެ ނަމާއި މި ބެޖަށް ހުތުރު އަރުވައެއް ނުލެވޭނެ. އަހަރެމެން އަމިއްލައަށް އެކަން ބަލާނަން. އަހަރެމެން އެމީހުންގެ ފަހަތުން ދާނަން، ސަބަބަކީ އަހަރެމެންގެ އަތުގައި ވަރުގަދަ ހެކިތަކެއް އެބަހުރި،" ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލަ އުފެދިފައިވަނީ ނެގްރެއިރާ ކޭސްއާ ގުޅިގެން ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. ޕެރޭޒްގެ ކެމްޕޭނުގެ ތެރޭގައި އޭނާ ވަނީ ބާސެލޯނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޕެރޭޒް ވިދާޅުވެފައިވަނީ، "މިވީ މުއްދަތުގެ ތެރޭގައި އަހަރެމެން ހަތް ލަލީގާ ތަށި ކާމިޔާބުކުރިން، އެކަމަކު އެއީ 14 ތަށި ކަމުގައި ވެދާނެ. އެ ތަށިތައް އަހަރެމެންގެ އަތުން ވަނީ ފޭރިގަނެފައި،" ކަމަށެވެ. މީގެ އިތުރުން ނެގްރެއިރާ މައްސަލަ ހިނގި އަހަރުތަކާ ގުޅޭ ތަފްސީލީ ރިޕޯޓެއް ޔޫއެފާއަށް ފޮނުވުމުގެ މަސައްކަތްވެސް ރެއާލް މެޑްރިޑުން ދަނީ ކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން ސްޕެއިންގެ އެންމެ ވާދަވެރި ދެ ކްލަބުގެ މެދުގައި އޮތް ގުޅުން އިތުރަށް ގޯސްވެ، ކުރިއަށް އޮތް ތަނުގައި މި މައްސަލަ ކޯޓު މަރުހަލާއަށް ދާނެ ކަމަށް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަރީމް އަޑެޔެމީ ހޯދުމަށް ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައިފިކުޅިވަރު | 17 ދުވަސް ކުރިންއެއްފަހަރާ 150 މިލިޔަން ޔޫރޯ ބާސާއިން ދައްކަން އެއްބަސްވާނަމަ އެތްލެޓިކޯއިން އަލްވާރޭޒް ދޫކޮށްލަން ތައްޔާރުކުޅިވަރު | މަހެއް ކުރިންފިޔާ ކިލޯއެއް ހިފައިގެން އަލްވާރޭޒްގެ ސޮއި ހޯދަން ބާސެލޯނާއިން ކުރަމުންގެންދާ މަސައްކަތްތަކާއި ދެކޮޅަށް ގާނޫނީފިޔަވަޅުއަލަނީކުޅިވަރު | މަހެއް ކުރިންހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަހަރެން ދޫކޮށްލާ؛ ބާސާއަށް އަށް ދިޔުމަށް އަލްވަރޭޒް ރޮއި އާދޭސްކުރަނީކުޅިވަރު | މަހެއް ކުރިން