logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފިޔާ ކިލޯއެއް ހިފައިގެން އަލްވާރޭޒްގެ ސޮއި ހޯދަން ބާސެލޯނާއިން ކުރަމުންގެންދާ މަސައްކަތްތަކާއި ދެކޮޅަށް ގާނޫނީފިޔަވަޅުއަލަނީ

އަބްދުﷲ ޣާނިމް
23 ޖޫން 2026 - 09:53
ފިޔާ ކިލޯއެއް ހިފައިގެން އަލްވާރޭޒްގެ ސޮއި ހޯދަން ބާސެލޯނާއިން ކުރަމުންގެންދާ މަސައްކަތްތަކާއި ދެކޮޅަށް ގާނޫނީފިޔަވަޅުއަލަނީ

ބާސެލޯނާއިން އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ޖޫލިއަން އަލްވަރޭޒް ހޯދުމަށް ކުރަމުންދާ މަސައްކަތްތަކާ ގުޅިގެން، އެތުލެޓިކޯއިން ބާސެލޯނާއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ތައްޔާރުވާން ފަށައިފިއެވެ. މި މައްސަލަ ހޫނުވެފައިވަނީ އަލްވަރޭޒް އެތުލެޓިކޯ ދޫކޮށްލަން ބޭނުންވާ ކަމަށް އާންމުކޮށް ބުނުމާ ގުޅިގެންނެވެ.

ސްޕެއިންގެ ނޫހެއް ކަމަށްވާ 'އޭއެސް' އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތުލެޓިކޯއިން މިހާރު ދަނީ މި މައްސަލަ ފީފާގެ ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ. އެ ކްލަބުން ގަބޫލުކުރާ ގޮތުގައި 2030 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓްގައި ހުރި ކުޅުންތެރިއަކު ހޯދުމަށް ބާސެލޯނާއިން އަމަލުކުރަމުންދަނީ ކަނޑައެޅިފައިވާ އުސޫލުތަކާ ހިލާފަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާސެލޯނާއިން ކުޅުންތެރިޔާއަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު

އަލްވަރޭޒް އޭނާގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ކްލަބް ބަދަލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބުނުމުން، އެތުލެޓިކޯގެ އޮފިޝަލުން ގަބޫލުކުރަނީ މިކަމުގެ ފަހަތުގައި ބާސެލޯނާގެ އަތެއްވާ ކަމަށެވެ. އެތުލެޓިކޯއިން ބުނާ ގޮތުގައި މީގެ ކުރިން އެންޓޮއިން ގްރީޒްމަން އަދި ނިކޯ ވިލިއަމްސްގެ މައްސަލައިގައިވެސް ބާސެލޯނާއިން ވަނީ މިފަދަ އުކުޅުތަކެއް ބޭނުންކޮށްފައެވެ.

އެތުލެޓިކޯ މެޑްރިޑްގެ އޮފިޝަލަކު މިކަމާ ގުޅިގެން ބުނެފައިވަނީ، "ބާސެލޯނާއަށް ޖޫލިއަން ގަނެވޭނެ އެއްވެސް އަގެއް ނެތް، އަދި އޭނާ ބާސެލޯނާއަކަށް ވިއްކައެއް ނުލާނެ" ކަމަށެވެ. އަދި އަލްވަރޭޒް ކްލަބް ދޫކޮށް ދެވޭނެ ހަމައެކަނި ގޮތަކީ އޭނާގެ ކޮންޓްރެކްޓްގައިވާ 500 މިލިއަން ޔޫރޯގެ ރިލީޒް ކްލޯޒް ދެއްކުން ކަމަށްވެސް އެ ކްލަބުން ބުނެއެވެ. އެތްލެޓިކޯއިން ވނީ މީގެ ކުރިން ރެއާލް މެޑްރިޑުން އަލްވާރޭޒް އަށް 150 މިލިޔަން ހުށަހެޅުމުންވެސް އެ ބިޑް ރިޖެކްޓްކޮށްލާފައެވެ. އެހެންކަމުން ބާސެލޯނާއިން 100 މިލިޔަން ޑޮލަރު ހިފައިގެން އަލްވަރޭޡްގެ ސޮއި ހޯދުމަށް މަސައްކަތް ކުރުމާމެދު އެތްލެޓިކޯއިން ޖެކެނީ ޖޯކެއްގެގޮތުގައެވެ.

ކުރިމަތީގައި އޮތް ގޮންޖެހުންތައް

މި މައްސަލަ މިހާރު ވަނީ އާދައިގެ ޓްރާންސްފާ ކޮޅެއްގެ ބަދަލުގައި ސްޕެއިންގެ އެންމެ ބޮޑު ދެ ކްލަބުގެ ދެމެދުގައި އުފެދިފައިވާ ބޮޑު ކޯޅުމަކަށް ބަދަލުވެފައެވެ. ބާސެލޯނާއަށް އަލްވަރޭޒްއަކީ ވަރަށް މުހިންމު ކުޅުންތެރިއަކަށް ވީނަމަވެސް، އެތުލެޓިކޯގެ ހަރުކަށި ނިންމުމާއި ގާނޫނީ ފިޔަވަޅުތަކުގެ ސަބަބުން މި ޓްރާންސްފާ ކުރިއަށް ގެންދިއުމަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

މިހާތަނަށް ބާސެލޯނާއިން މިކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްޗެއް ބުނެފައި ނުވިނަމަވެސް، އެތުލެޓިކޯއިން ދަނީ މި މައްސަލަ ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ. މިއާއެކު ބާސެލޯނާއަށް ކުރިއަށް އޮތް ތަނުގައި ގާނޫނީ ގޮތުންނާއި މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފިޔާ ކިލޯއެއް ހިފައިގެން އަލްވާރޭޒްގެ ސޮއި ހޯދަން ބާސެލޯނާއިން ކުރަމުންގެންދާ މަސައްކަތްތަކާއި ދެކޮޅަށް ގާނޫނީފިޔަވަޅުއަލަނީކުޅިވަރު | 2 ގަޑިއިރު ކުރިންހުވަފެންތައް ހަގީގަތަކަށް ހެދުމަށް އަހަރެން ދޫކޮށްލާ؛ ބާސާއަށް އަށް ދިޔުމަށް އަލްވަރޭޒް ރޮއި އާދޭސްކުރަނީކުޅިވަރު | 2 ގަޑިއިރު ކުރިންމެސީ ލައިޓް އެންމެފަހުން ލަވަކިޔަން ފަށައިފިކުޅިވަރު | 3 ދުވަސް ކުރިންބާސާއާއި އެތްލެޓިކޯ މޫނުމަތީގައި ބޮޑު ތަފާލެއް ޖެހުމަށްފަހު ބާނާޑޯ ސިލްވާ ކުއްލިގޮތަކަށް ރެއާލް މެޑްރިޑުން ސޮއިކޮށްފިކުޅިވަރު | 11 ދުވަސް ކުރިން