logo
MPL

MPL

ކުޅިވަރު

ޗެންޕިއަން ބާސާ ލީގު ފެށީފަސްތަރީގެ މޮޅު ކުޅުމަކުން، ވާދަވެރިންނަށް ވަރުގަދަ މެސެޖެއް

އަބްދުﷲ ޣާނިމް
24 އޯގަސްޓު 2026 - 05:29
ޗެންޕިއަން ބާސާ ލީގު ފެށީފަސްތަރީގެ މޮޅު ކުޅުމަކުން، ވާދަވެރިންނަށް ވަރުގަދަ މެސެޖެއް

ސްޕެނިޝް ލަލީގާގެ ޗެމްޕިއަންކަން ދިފާއުކުރުމުގެ މަސައްކަތް ބާސެލޯނާއިން ވަރުގަދަކޮށް ފަށައިފިއެވެ. އެ ޓީމުން ސީޒަނުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި އެލްޗޭގެ މައްޗަށް ކުރިހޯދީ 0-5 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގައި ކެޕްޓަން ރަފީނިއާ އަދި ފާމިން ލޮޕޭޒް ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ކާމިޔާބުކޮށްފައެވެ.

ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅޭ ބާސެލޯނާއަށް މެޗުގެ 14 ވަނަ މިނެޓުގައި ލީޑު ނަގައިދިނީ ރަފީނިއާއެވެ. މިއީ އެލްޗޭގެ ވިކްޓަރ ޗުސްޓް އޭނާގެ ޖާޒީގައި ހިފެހެއްޓުމާ ގުޅިގެން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑެކެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ ދެވަނަ ލަނޑު ޖަހައިދިނީ އަލަށް ގުޅުނު ކަރިމް އަދެޔެމީއެވެ. މިއީ ލަލީގާގައި އޭނާ ކުޅުނު ފުރަތަމަ މެޗުގައި ރަފީނިއާ ތަނަވަސްކޮށްދިން ފުރުސަތަކުން ޖެހި ލަނޑެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންތަނީ ގޯޑަން ވަނީ އޭނާގެ ލަލީގާގެ ފުރަތަމަ މެޗުގައި މޮޅު ކުޅުމެއް ދައްކާފައެވެ. އޭނާ ދިން ރީތި ޕާހަކުން ރަފީނިއާ ޓީމުގެ ތިންވަނަ ލަނޑު ޖެހިއިރު، އޭގެ ހަތަރު މިނެޓު ފަހުން ގޯޑަން ތަނަވަސްކޮށްދިން ފުރުސަތަކުން ފާމިން ލޮޕޭޒް ވަނީ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މެޗުގެ 79 ވަނަ މިނެޓުގައި ފާމިން ވަނީ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު އޭނާގެ ދެވަނަ ލަނޑާއެކު ބާސެލޯނާގެ ފަސްވަނަ ލަނޑު ޖަހައި ނަތީޖާ ފުރިހަމަކޮށްދީފައެވެ. މި މެޗުގައި ބާސެލޯނާއިން މުޅި މެޗު ކޮންޓްރޯލްކޮށް، 4.13 އެކްސްޕެކްޓެޑް ގޯލްސް (xG) އުފެއްދިއިރު، އެލްޗޭއަށް ހޯދުނީ އެންމެ 0.72 އެކްސްޕެކްޓެޑް ގޯލްސްއެވެ.

މި މޮޅާއެކު ބާސެލޯނާއިން ވަނީ އެލްޗޭއާ ދެކޮޅަށް ލީގުގައި ކުޅުނު ފަހު 11 މެޗު ވެސް ކާމިޔާބުކޮށްފައެވެ. އަނިޔާގެ ސަބަބުން މިދިޔަ ސީޒަނުގައި ގިނަ މެޗުތަކެއް ގެއްލުނު ރަފީނިއާ ވަނީ ބާސެލޯނާއަށް ޖެހި ހުރިހާ ޕެނަލްޓީއެއް (9 ޕެނަލްޓީ) ކާމިޔާބުކޮށް، ފުރިހަމަ ރެކޯޑެއް ދަމަހައްޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަން ބާސާ ލީގު ފެށީފަސްތަރީގެ މޮޅު ކުޅުމަކުން، ވާދަވެރިންނަށް ވަރުގަދަ މެސެޖެއްކުޅިވަރު | ގަޑިއިރެއް ކުރިންއަލް އަހްލީ ބަލިކޮށް ބާސެލޯނާއިން ހުއާން ގާމްޕާ ޓްރޮފީ ކާމިޔާބުކޮށްފިކުޅިވަރު | 4 ދުވަސް ކުރިންޖޮއާއޯ ކަންސެލޯ ތިންވަނަ ފަހަރަށް އެނބުރި ބާސެލޯނާއަށްކުޅިވަރު | 7 ދުވަސް ކުރިންޗެންޕިއަންސް ލީގު ކާމިޔާބުކުރުމަށް ފެރާން ޓޮރޭސް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށްކުޅިވަރު | 8 ދުވަސް ކުރިން