logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެންޕިއަންސް ލީގު ކާމިޔާބުކުރުމަށް ފެރާން ޓޮރޭސް ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް

އަބްދުﷲ ޣާނިމް
16 އޯގަސްޓު 2026 - 05:37
Screenshot
Screenshot

ބާސެލޯނާ ދޫކޮށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ބަދަލުވުމަށްފަހު، އެ ކްލަބަކީ އޭނާގެ ފުރަތަމަ ޗެމްޕިއަންސް ލީގު ތަށި ކާމިޔާބުކުރުމަށް އެންމެ އެކަށޭނަ މަންޒިލް ކަމަށް ސްޕެއިންގެ ފޯވާޑް ފެރާން ޓޮރެސް ބުނެފިއެވެ. ކޭމްޕް ނޯ ދޫކޮށް ޕާކް ޑެސް ޕްރިންސެސް އަށް ބަދަލުވުމުގެ މައިގަނޑު ސަބަބުތަކާ ގުޅޭގޮތުން ޓޮރެސް ވަނީ ނޫސްވެރިންނާ ވާހަކަދައްކާފައެވެ.

ޓޮރެސް ފާހަގަކުރި ގޮތުގައި އޭނާ ޕީއެސްޖީއާ ގުޅުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރީ އެ ޓީމުގެ ކޯޗު ލުއިސް އެންރީކޭއެވެ. "މިއީ އަހަރެންގެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކުރަން އެންމެ އެކަށޭނަ ކްލަބް،" ޓޮރެސް ބުންޏެވެ. އަދި ފުޓްބޯޅައިގައި އެންރީކޭ އަކީ އޭނާއަށް ބައްޕައެއް ފަދަ މީހެއް ކަމަށާއި، ގައުމީ ޓީމުގައި އެކުގައި މަސައްކަތް ކުރިއިރު އޭނާއަށް ވަރަށް ބޮޑަށް އިތުބާރު ކުރި ކަމަށްވެސް އޭނާ ބުންޏެވެ. އަދި ކުޅުންތެރިންގެ އެންމެ ފުރިހަމަ ހުނަރު ނެރެދޭން އެންރީކޭއަށް އެނގޭނެ ކަމަށާއި އެންމެން އެކުގައި ހުރިހާ ތަށްޓެއް ކާމިޔާބު ކުރާނެ ކަމުގެ އުންމީދު އޮތް ކަމަށްވެސް އޭނާ ހާމަކުރިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަރަންސޭސި ވިލާތުގެ ޗެމްޕިއަން ޕީއެސްޖީއާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރި ޓޮރެސް އެ ޓީމުގައި ބޭނުންކުރާނީ 9 ނަންބަރު ޖާޒީ އެވެ. އޭނާ ބާސެލޯނާ ދޫކޮށްލީ ވޯލްޑް ކަޕް ފައިނަލް މެޗުގައި ކާމިޔާބީގެ ލަނޑު ޖެހުމަށްފަހުގައެވެ. ނަމަވެސް އެ މުބާރާތަށްފަހު، ކްލަބުން އޭނާ ބޭނުންވާކަން އައު ކޮންޓްރެކްޓަކުން ސާބިތުކޮށްދިނުމަށް އެދި އޭނާ ދެއްކި ވާހަކަތަކާ ގުޅިގެން ބައެއް ސަޕޯޓަރުންގެ ހިތްހަމަނުޖެހުން ވަނީ އޭނާއަށް އަމާޒުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެންޕިއަންސް ލީގު ހޯދަން ދިޔަ ފެރާން ޕީއެސްޖީގެ ޖޯޒީގައި ކުޅުނު ފުރަތަމަ ޗެންޕިއަންސް ލީގުމެޗުގައި ހެޓްރިކެއްކުޅިވަރު | 4 ދުވަސް ކުރިންބާސެލޯނާއިން ފަސްލަނޑު ޖެހުމުގެ ސިލްސިލާ ކުރިޔަށް، މިފަހަރު ޗެންޕިއަންސް ލީގުގައި ފޭނޫޑްއާއި ދެކޮޅަށްކުޅިވަރު | 4 ދުވަސް ކުރިންޔަމާޅްގެ މޮޅުކުޅުމާއެކު ޗެންޕިއަން ބާސެލޯނާ ސްޕެނިޝް ލީގުގައި އުދުހެނީކުޅިވަރު | 7 ދުވަސް ކުރިންޗެންޕިއަންސް ލީގު ހޯދަން ފެރާން ޓޮރޭސް ގެންދިޔަފަހުން ޕީއެސްޖީއަށް މޮޅެއް ނުލިބި ތިންވަނަ ބަލިވެއްޖެކުޅިވަރު | 9 ދުވަސް ކުރިން