logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޖޮއާއޯ ކަންސެލޯ ތިންވަނަ ފަހަރަށް އެނބުރި ބާސެލޯނާއަށް

އަބްދުﷲ ޣާނިމް
17 އޯގަސްޓު 2026 - 04:43
ޖޮއާއޯ ކަންސެލޯ ތިންވަނަ ފަހަރަށް އެނބުރި ބާސެލޯނާއަށް

ސައުދީ އަރަބިއްޔާގެ އަލް ހިލާލްއާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމަށްފަހު، ހިލޭ ޓްރާންސްފާއެއްގައި ޕޯޗުގަލްގެ ފުލްބެކް ޔާއޯ ކަންސޭލޯ އަލުން ތިންވަނަ ފަހަރަށް ބާސެލޯނާއާ ގުޅެން ނިންމައިފިއެވެ. މި ޑީލް ފައިނަލް ވެފައިވާކަން ކަށަވަރުކޮށްދެމުން ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ވަނީ މިކަން ހާމަކޮށްފައެވެ.

ބާސެލޯނާއަށް ބަދަލުވުމުގެ އެންމެ ފަހުގެ ކަންކަން ނިންމުމަށްޓަކައި، ކުރިއަށް އޮތް ހަފުތާގެ ކުރީކޮޅު ދަތުރުކުރުމުގެ ރަސްމީ ހުއްދަ ކަންސޭލޯއަށް މިހާރު ވަނީ ލިބިފައެވެ. ރިޕޯޓަރު ފެނާންޑޯ ޕޯލޯ ވެސް ވަނީ މި ޑިފެންޑަރު އަލުން ކެޓަލޯނިއާގެ ކްލަބަށް އެނބުރި ދިޔުމަށް ތައްޔާރުވެފައިވާކަން ކަށަވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކަންސޭލޯ ވަނީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައި ބާސެލޯނާއާ އެކު ޒާތީ އެއްބަސްވުންތަކަށް އެއްބަސްވެފައެވެ. އަދި އޭނާ މިހާރު ހުރީ އާ އެއްބަސްވުމުގައި ސޮއިކުރުމަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ.

އަލް ހިލާލްއާ އެކު އޮތް ކޮންޓްރެކްޓް އުވާލުމާ ގުޅިގެން، އެއްވެސް ޓްރާންސްފާ ފީއަކާ ނުލައި ބާސެލޯނާއިން ވަނީ މި ޑިފެންޑަރު ހޯދާފައެވެ. ކަންސޭލޯ މިހާރު ތައްޔާރުވަމުން ދަނީ ބާސެލޯނާގެ މެޑިކަލް ޓެސްޓުތައް ފުރިހަމަކުރުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާއިން ފަސްލަނޑު ޖެހުމުގެ ސިލްސިލާ ކުރިޔަށް، މިފަހަރު ޗެންޕިއަންސް ލީގުގައި ފޭނޫޑްއާއި ދެކޮޅަށްކުޅިވަރު | 4 ދުވަސް ކުރިންޔަމާޅްގެ މޮޅުކުޅުމާއެކު ޗެންޕިއަން ބާސެލޯނާ ސްޕެނިޝް ލީގުގައި އުދުހެނީކުޅިވަރު | 7 ދުވަސް ކުރިންފައިސާގެ މައްސަލަތައް ކުރިމަތިވެފައިވާ ބާސާގެ ދަނޑުގައި މުނިފޫހި ފިލުޥާނެ ޕާކެއް ހަދަނީކުޅިވަރު | 9 ދުވަސް ކުރިންބެލަންޑޯ މިފަހަރު ލިބޭނީރޮޑްރީއަށް - ލަލީގާގެ ރައީސްކުޅިވަރު | 11 ދުވަސް ކުރިން