ދާއިމީކޮށް ސޮއިކުރާނެކަމުގެ ފޮނިހުވަފެންތަކާއެކު ބާސާއަށްދިޔަ ރަޝްފޯޑު އުނބަށްޖަހައި އެނބުރި ޔުނައިޓެޑްއަށް
10 އޯގަސްޓު 2026 - 07:06
.jpg&w=1920&q=75)
ލޯނު އެއްބަސްވުމެއްގެ ދަށުން މިދިޔަސީޒަނުގައި ބާސާއަށް ބަދަލުވެ، އެކުލަބުން ދާއިމީކޮށް ސޮއިކުރާނެކަމުގެ ފޮނި އުއްމީދުތަކާއެކު ކުޅުނު ރަޝްފޯޑު އެނބުރި އޭނާގެ ކުރީގެ ކުލަބު މެންޗެސްޓަރ ޔުނައިޓެޑް އަށް އަނބުރާ ގުޅިއްޖެއެވެ. މެންއެގޮތުން ރަޝްފޯޑުވަނީ، ކުރިއަށް އޮތް 2026-27 ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ކްލަބުގެ ޕްރީ-ސީޒަން ފަރިތަކުރުންތަކާ ރަސްމީކޮށް ގުޅިފައެވެ. އުމުރުން 28 އަހަރުގެ ރަޝްފޯޑް ޓީމާ ގުޅިފައިވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އިންގްލެންޑް ޓީމާއެކު ހޭދަކުރުމަށްފަހު ލިބުނު ޗުއްޓީ ނިންމާލުމަށްފަހުއެވެ.
ވޯލްޑް ކަޕްގައި ބައިވެރިވުމުގެ ސަބަބުން ރަޝްފޯޑް ޕްރީ-ސީޒަނަށް ރިޕޯޓްކޮށްފައިވަނީ ޔުނައިޓެޑްގެ އެހެން ބައެއް ކުޅުންތެރިންނަށްވުރެ ތަންކޮޅެއް ލަހުންނެވެ. މިއީ ފާއިތުވި 18 މަސް ދުވަހުގެ ތެރޭގައި ރަޝްފޯޑް އޭނާގެ ކުޑައިރުގެ ކްލަބް ކަމަށްވާ މެންޗެސްޓަރ ޔުނައިޓެޑްގެ ފަރިތަކުރުންތަކުގައި ބައިވެރިވި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation
ފާއިތުވި 18 މަސް ދުވަހު ރަޝްފޯޑް ހޭދަކޮށްފައިވަނީ ލޯނު އުސޫލުން އެހެން ކްލަބްތަކުގައެވެ. އެގޮތުން އެންމެ ފުރަތަމަ އެސްޓަން ވިލާއަށް ބަދަލުވުމަށްފަހު، އޭނާ ވަނީ ސްޕެއިންގެ ބާސެލޯނާއަށް ބަދަލުވެ އެ ކްލަބަށް ކުޅެދީފައެވެ.
ބެލެވޭ ގޮތުގައި އަންނަ ބުދަ ދުވަހު (އޮގަސްޓް 12 ގައި) އަޔަރލޭންޑްގެ ޑަބްލިންގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ ޕްރީ-ސީޒަން އެކުވެރިކަމުގެ މެޗުގައި ރަޝްފޯޑް ފެނުމުގެ ފުރުސަތު ބޮޑެވެ. މިއީ ގިނަ ދުވަސްތަކަކަށްފަހު އޭނާ ޔުނައިޓެޑްގެ ޖާޒީގައި ފެންނާނެ ފުރަތަމަ މެޗަށް ވެގެންދާނެއެވެ.


