logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިސްރާއީލުގެ ފާދިރީންނަށްވެސް ސަލާމަތް ނުކުރެވުނު ބާސެލޯނާގެ ކުނިކޮތަޅު ލިވަޕޫލަށް

އަބްދުﷲ ޣާނިމް
10 އޯގަސްޓު 2026 - 06:34
އިސްރާއީލުގެ ފާދިރީންނަށްވެސް ސަލާމަތް ނުކުރެވުނު ބާސެލޯނާގެ ކުނިކޮތަޅު ލިވަޕޫލަށް

ބާސެލޯނާގެ ކުޅުންތެރިޔާ އަރައޫހޯ ކުލަބުން ބޭރުކުރަން މީގެ ކުރިން އެތަށް މަސައްކަތެއް ކުރުމަށްފަހު، އެންމެ ފަހުން އެކަން ކާޟިޔާޞުކޮށްފިއެވެ. ދަނޑުމަތީގައި ދަށްކާ ދަށް ކުޅުމާއި ހަދާ ގޯސްތަކުގެ ސަބަބުން ބާސެލޯނާގެ ސަޕޯޓަރުންގެ ފަރާތުން ކުރިމަތިވި މަލާމާތާއި ފުރައްސާރައިން ސަލާމަތްވުމަސް މިދިޔަ އަހަރުގެ ނޮވެމްބަރުމަހުގައި އަރައޫހޯ ވަނީ ކުޅުމުން އެކަހެރިވެ، Spiritual ދަތުރެއް ކަމަށްބުނެ ކެރިއަރު ސަލާމަތްކުރުމަށް އިސްރާޢީލަށް ދަތުރެއްކޮށްފައެވެ. ނަމަވެސް އޭގެފަހުންވެސް އަރައޫހޯގެ ކުޅުމަށް މާކަށް ބޮޑު ބަދަލުތަކެއް އައިތަނެއް ނުފެނުނެވެ. މި ޓްރނާސްފާ މާކެޓްގައި ބާސެލޯނާގެ ސަޕޯޓަރުން އަރައޫހޯ ކުލަބުން ބޭރުކުރުމަށް ކުަރާ މަސައްކަތަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިގެންގޮސްފައެވެ.

ލޯނު އެއްބަސްވުމެއްގެ ދަށުން އަރައޫހޯ ލިވަޕޫލަށް ބަދަލުވުމުގެ މަރުޙަލާ ގަތްގަނޑަކަށް ނިމިފައިވާިއރު، އެއް އަހަރުވަންދެން އަރައޫހޯގެ %100 މުސާރަ ކަވަރު ކުރާނީ ލިވަޕޫލުންނެވެ. އަދި އެއް އަހަރުފަހުން ލިވަޕޫލުން ބޭނުންނަމަ، 55 މިލިޔަން ޔޫރޯއަށް އަރައޫހޯ ކުލަބަށް ދާއިމީކޮށް ސޮއިކުރުމުގެ އިޚުތިޔާރު މި އެއްބަސްވުމުގެ ދަށުން އެކުލަބަށް ލިބިގެންދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޚަބަރާއެކު ބާސެލޯނާގެ ސަޕޯޓަރުން އަންނަނީ މީސްމީޑިޔާގައި ވަރަށް ބޮޑަށް އުފާފާޅުކުރަމުންނެވެ. އަދިހަމައެހެންމެ ލިވަޕޫލުގެ ގިނަ ސަޕޯޓަރުން ދަނީ މިކަމާ ނުރުހުން ފާޅުކުރަމުްނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެކް އަލިސްޓާގެ ލަނޑާއެކު އިރައޯލާގެ އިރުޝާދުގެ ދަށުން ލިވަޕޫލުން ޗެމްޕިއަންސް ލީގު ފެށީ ކާމިޔާބީއަކާއެކުކުޅިވަރު | 4 ދުވަސް ކުރިންބާސެލޯނާއިން ފަސްލަނޑު ޖެހުމުގެ ސިލްސިލާ ކުރިޔަށް، މިފަހަރު ޗެންޕިއަންސް ލީގުގައި ފޭނޫޑްއާއި ދެކޮޅަށްކުޅިވަރު | 4 ދުވަސް ކުރިންޔަމާޅްގެ މޮޅުކުޅުމާއެކު ޗެންޕިއަން ބާސެލޯނާ ސްޕެނިޝް ލީގުގައި އުދުހެނީކުޅިވަރު | 7 ދުވަސް ކުރިންއިސާކްގެ ދެ ލަނޑާއެކު ލިވަޕޫލުން ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފިކުޅިވަރު | 9 ދުވަސް ކުރިން