logo
Bank of Maldives

Bank of Maldives

ކުޅިވަރު

ކަރީމް އަޑެޔެމީ ހޯދުމަށް ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައިފި

އަބްދުﷲ ޣާނިމް
9 ޖުލައި 2026 - 06:46
ކަރީމް އަޑެޔެމީ ހޯދުމަށް ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައިފި

ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ޖަރުމަނުގެ ހުނަރުވެރި ވިންގަރ ކަރީމް އަޑެޔެމީ ހޯދުމަށް ސްޕެއިންގެ ބާސެލޯނާއިން ރަސްމީ ބިޑެއް ހުށަހަޅައި، އެ ކްލަބާއެކު މަޝްވަރާތައް ފަށައިފިއެވެ. މި ޚަބަރު ކަށަވަރުކޮށްދީފައިވަނީ މަޝްހޫރު ކުޅިވަރު ނޫސްވެރިން ކަމަށްވާ ފެބްރީޒިއޯ ރޮމާނޯ އާއި ޖިޖާންޓެސްގެ ޖެރާޑް ރޮމޭރޯއެވެ.

އެންތަނީ ގޯޑަންގެ ސޮއި ހޯދުމަށްފަހުވެސް ބާސެލޯނާއިން އަންނަނީ އެޓީމުގެ ފްލޭންކްތައް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އުމުރުން 24 އަހަރުގެ އަޑެޔެމީ އަކީ ޔޫރަޕްގައި މިވަގުތު ހުރި އެންމެ ހަލުވި ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ ނިމިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް 10 ލަނޑު ޖަހައިދީ 6 އެސިސްޓް ފޯރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައުލޫމާތު ލިބޭގޮތުގައި އަޑެޔެމީ ވަނީ ބާސެލޯނާއަށް ބަދަލުވުމަށް އޭނާގެ ރުހުން ދީފައެވެ. ބާސެލޯނާއިން މި ޓްރާންސްފާގެ ކަންކަން ކުރިއަށް ގެންދަނީ ވަރަށް ސިއްރުވެރި ގޮތަކަށެވެ. މިއީ އެންތަނީ ގޯޑަންގެ ޓްރާންސްފާގައިވެސް އެ ކްލަބުން އަމަލުކުރި ގޮތެވެ. މި ސޮއި ހޯދުމުގައި އެންމެ ބޮޑު ބާރަކަށްވެފައިވަނީ ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ކަމަށް ބެލެވެއެވެ.

އަޑެޔެމީ ގެނައުމަށް ބާސެލޯނާއިން މަސައްކަތް ކުރަމުން މިދަނީ، މިދިޔަ ސީޒަނުގައި ރަފީނިއާއަށް ކުރިމަތިވި އަނިޔާތަކާއި މާކަސް ރަޝްފޯޑްގެ ކުޅުން އެއްވަރެއްގައި ހިފެހެއްޓިފައި ނުވުމުގެ ސަބަބުން ވިންގް މަގާމުތަކަށް ދިމާވި ދަތިތަކަށް ހައްލެއް ހޯދުމަށެވެ. މީގެ އިތުރުން، ސައުދީ އަރަބިއްޔާގެ ކްލަބަކަށް ރަފީނިއާ ބަދަލުވާން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާއިރު، އަޑެޔެމީ އަކީ އޭނާގެ ބަދަލުގައި ގެންނަ ކުޅުންތެރިއެއް ކަމަށްވެސް ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | ދުވަހެއް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންލިވަޕޫލުގެ ލެޖެންޑް މުޙައްމަދު ސަލާޙު ތުރުކިޔޭގެ ޓްރަބްޒޮންސްޕޯއަށްކުޅިވަރު | 3 ދުވަސް ކުރިންނިއުކާސަލް ގެ ކެޕްޓަން ބްރޫނޯ ގިމަރޭސް އިނގިރޭސި ޗެންޕިއަން އާސެނަލް އަށް ކުޅިވަރު | 3 ދުވަސް ކުރިން