logo
އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޝަމްޢާން 25 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފިBank of Maldives

Bank of Maldives

ކުޅިވަރު

ފުރާޅުގެ ޓިނުކޮޅު ނުޖެހެނީސް ލާރި ހުސްވެ ބާސެލޯނާގެ ދަނޑުގެ މަސައްކަތް ހުެއްޓިއްޖެ

އަބްދުﷲ ޣާނިމް
9 ޖޫން 2026 - 19:34
ފުރާޅުގެ ޓިނުކޮޅު ނުޖެހެނީސް ލާރި ހުސްވެ ބާސެލޯނާގެ ދަނޑުގެ މަސައްކަތް ހުެއްޓިއްޖެ

ބާސެލޯނާގެ ދަނޑު ކަމަށްވާ ނޯ ކޭމްޕް މަރާމާތު ކުރުމަށް ކަނޑައަޅާފައިވާ ބަޖެޓް ހުސްވުމާ ގުޅިގެން، ދަނޑުގެ މަސައްކަތްތައް ހުއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ. 1.3 ބިލިއަން ޕައުންޑްގެ މި ބިޔަ މަޝްރޫޢު ނިންމުމަށްޓަކައި އެ ކްލަބުން މިހާރު ދަނީ އިތުރު ފަންޑު ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

2022/23 ސީޒަނަށްފަހު ފެށި މި މަސައްކަތްތަކަށް ގޯލްޑްމަން ސެކްސް އިން ކުރިން ވަނީ 1.25 ބިލިއަން ޕައުންޑްގެ ލޯނެއް ދީފައެވެ. ނަމަވެސް ސްޕެއިންގެ މާކާ ނޫހުން ރިޕޯޓްކުރާ ގޮތުގައި އެ ފައިސާ މިހާރު ވަނީ ގާތްގަނޑަކަށް ހުސްވެފައެވެ. މިކަމާ ގުޅިގެން ކްލަބްގެ ރައީސް ޔޮއާން ލަޕޯޓާ އިތުރު ލޯނަކަށް އެދެން މިހާރުވަނީ ތައްޔާރުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިހާތަނަށް ކުރެވުނު މަސައްކަތުން ދަނޑުގެ ޖާގަ 62,657 އަށް އިތުރުކުރެވިފައިވީ ނަމަވެސް، ވީއައިޕީ ޓިއަރތަކާއި ތިންވަނަ ފަންގިފިލާގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ. މީގެ އިތުރުން ދަނޑުގެ ފުރާޅުގެ މަސައްކަތާއި، ކްލަބްގެ ބާސްކެޓްބޯޅަ އަދި ފުޓްސަލް ޓީމުތަކަށް ޚާއްޞަ ސަރަޙައްދުތަކުގެ މަސައްކަތް ނިންމަން އަދި ބާކީ އެބައޮތެވެ.

މާލީ ދަތިތަކާ ހުރެ ބާސެލޯނާއަށް ވަނީ 2027/28 ސީޒަނުގައިވެސް ވަގުތީ ދަނޑެއްގެ ގޮތުގައި އެސްޓާޑީ އޮލިމްޕިކް ބޭނުންކުރުމުގެ ހުއްދައަށް އެދިފައެވެ. ކްލަބްގެ ރައީސް ލަޕޯޓާ ވިދާޅުވި ގޮތުގައި، "އަޅުގަނޑުމެން ހަވާލުވިއިރު ކްލަބް އޮތީ ބޮޑު މާލީ އަނދަވަޅެއްގައެވެ. މުވައްޒަފުންނަށް މުސާރަ ދިނުމަށްވެސް 80 މިލިއަން ޔޫރޯގެ ލޯނެއް ނަގަން ޖެހުނެވެ."

މި މާލީ ދަތިތަކުގެ ތެރޭގައިވެސް ބާސެލޯނާއިން ދަނީ ޓީމު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ދާދި ފަހުން 70 މިލިއަން ޕައުންޑަށް އެންތަނީ ގޯޑަން ސޮއިކޮށްފައިވާއިރު، ހޫލިއަން އަލްވަރޭޒް އަދި މާކަސް ރަޝްފޯޑް ހޯދުމަށްވެސް އެ ކްލަބުން ޝައުގުވެރިވެއެވެ. ނަމަވެސް ލަލީގާގެ ޚަރަދު ކުރުމުގެ ގަވާއިދުތަކުގެ ސަބަބުން، އައު ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށް މިހާރު ތިބި ބައެއް ކުޅުންތެރިން ވިއްކާލަން ޖެހޭނެއެވެ.

ކުރިއަށް އޮތް ތަނުގައި މި މަޝްރޫޢު ކުރިއަށް ގެންދެވޭނީ ބާސެލޯނާ ސިޓީ ކައުންސިލުން ތާވަލުކުރާ ގޮތެއްގެ މަތިންނެވެ. ރަފީނިއާ އާއި ޓާސްޓެގަން ފަދަ މުހިންމު ކުޅުންތެރިންގެ ކޮންޓްރެކްޓް 2028 ގައި ހަމަވާއިރު، އެ ކުޅުންތެރިންގެ މުސްތަޤްބަލާ މެދުވެސް ގޮތްތަކެއް ނިންމަން ކްލަބަށް ވަނީ މަޖުބޫރުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރާޅުގެ ޓިނުކޮޅު ނުޖެހެނީސް ލާރި ހުސްވެ ބާސެލޯނާގެ ދަނޑުގެ މަސައްކަތް ހުެއްޓިއްޖެކުޅިވަރު | 9 ގަޑިއިރު ކުރިންމެސީ ލައިޓް މޮނާކޯއަށް ދާއިމީކޮށް ފޮނުވާލައިފިކުޅިވަރު | 4 ދުވަސް ކުރިންއާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްގެ ސޮއިހޯދުމުގެ މަސައްކަތް ބާސެލޯނާއިން ބާރަށް ކުރިޔަށްކުޅިވަރު | 13 ދުވަސް ކުރިންފެންފޮދަކާ ނުލައި 24 ގަޑިއިރުތެރޭގައި ގޯޑަން ބާސާއަށް ސޮއިކޮށްފިކުޅިވަރު | 13 ދުވަސް ކުރިން