އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްގެ ސޮއިހޯދުމުގެ މަސައްކަތް ބާސެލޯނާއިން ބާރަށް ކުރިޔަށް
28 މޭ 2026 - 07:38

ނިއުކާސަލްގެ ވިންގަރ އެންތަނީ ގޯޑަންގެ ޑީލް ކާމިޔާބުކަމާއެކު ނިންމާލުމަށްފަހު، ބާސެލޯނާގެ ސްޕޯޓިންގް ޑައިރެކްޓަރު ޑެކޯ އިއްޔެ މެންދުރުފަހު ހޫލިއަން އަލްވަރޭޒްގެ އޭޖެންޓް ފެނާންޑޯ ހިޑާލްގޯއާ ބައްދަލުކޮށްފައިވާ ކަމަށް މުންޑޯ ޑިޕޯޓީވޯއިން ރިޕޯޓްކޮށްފިއެވެ.
މި ބައްދަލުވުމުގައި އެތުލެޓިކޯ މެޑްރިޑާ ގާތް ގުޅުމެއް އޮންނަ އަދި އަލްވަރޭޒް ބާސާއަށް ބަދަލުކުރުމަށް ބާރުއަޅަމުންދާ ދެ އޭޖެންޓުން ކަމަށްވާ އެންޑީ ބާރާ އާއި ހުއާމާ ލޯޕޭޒް ވެސް ބައިވެރިވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

Ad by Hajj Corporation
ކެޓަލަންގެ ގަދަބާރު ބާސެލޯނާއިން މި ހޫނު މޫސުމުގައި މަތީ ފެންވަރުގެ ފޯވާޑެއް ހޯދުމަށް ވަރަށް ބޮޑަށް ބޭނުންވާއިރު، އަލްވަރޭޒް އަކީ އެ ކްލަބުގެ އެންމެ ބޮޑު އަމާޒެވެ. ނަމަވެސް، އެތުލެޓިކޯއިން އޭނާގެ އަގު 150 މިލިއަން ޔޫރޯ އަށް ކަނޑައަޅާފައި އޮތުމަކީ މި ޓްރާންސްފާ ކުރިއަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި އާޖެންޓީނާގެ ބައިނަލްއަގުވާމީ ފޯވާޑް އަލްވަރޭޒް ވަނީ ބާސެލޯނާއަށް ބަދަލުވުމަށް ނިންމާފައެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި 20 ލަނޑު ޖަހައި ނުވަ އެސިސްޓް ފޯރުކޮށްދީފައެވެ. ބާސާގެ އާ ކޯޗު ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން އަލްވަރޭޒްގެ ކުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.


