logo
Bank of Maldives

Bank of Maldives

ކުޅިވަރު

ދެސީޒަންތެރޭ 5 ތަށި ބާސެލޯނާއަށް ހޯދައިދިން ކޯޗު އިތުރު ދެއަހަރަށް ބާސާގައި ހުންނަން ކޮންޓްރެކްޓް އައުކޮށްފި

އަބްދުﷲ ޣާނިމް
18 މޭ 2026 - 22:11
ދެސީޒަންތެރޭ 5 ތަށި ބާސެލޯނާއަށް ހޯދައިދިން ކޯޗު އިތުރު ދެއަހަރަށް ބާސާގައި ހުންނަން ކޮންޓްރެކްޓް އައުކޮށްފި

ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އާކޮށްފައިވާ ކަމަށް މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ރިޕޯޓްކޮށްފިއެވެ. މި އާ އެއްބަސްވުމުގެ ރަސްމީ ކަންކަން މިއަދުގެ ވަގުތެއްގައި ނިމިގެންދާނެ ކަމަށް ބެލެވޭއިރު، މި އެއްބަސްވުމުގެ ދަށުން 2029 ވަނަ އަހަރާ ހަމައަށް ކޮންޓްރެކްޓް އިތުރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެއެވެ.

ބާސެލޯނާއިން ފްލިކްގެ ކޮންޓްރެކްޓް އާކުރަން ނިންމީ އޭނާގެ އިރުޝާދުގެ ދަށުން އެ ކްލަބުން ހޯދަމުންދާ ކާމިޔާބީތަކާ ގުޅިގެންނެވެ. އެގޮތުން، އެންމެ ފަހުން ކުޅުނު އެލް ކްލަސިކޯ މެޗުގައި ރެއާލް މެޑްރިޑް ބަލިކޮށް، ބާސެލޯނާއިން ވަނީ އެ ކްލަބުގެ 29 ވަނަ ލަ لیگާ ތަށި ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އުމުރުން 61 އަހަރުގެ ފްލިކް ކުރިން ހުރި ކޮންޓްރެކްޓްގައި އަންނަ ސީޒަނުގެ ނިޔަލަށް މުއްދަތު އޮތް ނަމަވެސް، 2024 ވަނަ އަހަރުގެ ހޫނު މޫސުމުގައި ޒަވީ ހެނާންޑޭޒްގެ ބަދަލުގައި އޭނާ މަގާމާ ހަވާލުވި ފަހުން ދައްކަމުންދާ މޮޅު ކުޅުމުގެ ސަބަބުން ކްލަބުން ބޭނުންވީ އޭނާ ދިގު މުއްދަތަކަށް މަޑުކުރުވާށެވެ.

ފްލިކް ވަނީ އޭނާގެ ފުރަތަމަ ސީޒަނުގައި ބާސެލޯނާއަށް ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްދީ، ކްލަބުގެ ދިގު މުއްދަތުގެ ޕްރޮޖެކްޓްގައި އޭނާގެ މަގާމު އިތުރަށް ވަރުގަދަކޮށްފައެވެ. މިއީ ބާސެލޯނާގެ ކުރިމަގަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފުޓްބޯޅަ ދިރާސާކުރާ ފަރާތްތަކުން ދެކެއެވެ.

ސްޕެއިނަށް ބަދަލުވުމުގެ ކުރިން ފްލިކް ވަނީ ބަޔާން މިއުނިކާއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ޖެހިޖެހިގެން ދެ ފަހަރު ބުންޑެސްލީގާ ކާމިޔާބުކުރުމުގެ އިތުރުން، 2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކުރުން ހިމެނެއެވެ.
މީގެ 2 އަހަރުކުރިން ބާސެލޯނާއާއި ގުޅުނު ފްލިކްގެ އިރުޝާދުގެ ދަށުން ބާސާ ވަނީ ޖުމްލަ 5 ތަށި ކާމިޔާބުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެސީޒަންތެރޭ 5 ތަށި ބާސެލޯނާއަށް ހޯދައިދިން ކޯޗު އިތުރު ދެއަހަރަށް ބާސާގައި ހުންނަން ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | 8 ގަޑިއިރު ކުރިންލެވަންޑޯސްކީއަށް ކޭމްޕް ނޯއިން އަލްވަދާއު ކިޔައި، ބާސެލޯނާއިން ރެކޯޑަކާއެކު މޮޅުވެއްޖެކުޅިވަރު | ދުވަހެއް ކުރިންބާސެލޯނާއިން ލެވަންޑޮވްސްކީ ދޫކޮށްލަން ނިންމައި އެކަން ރަސްމީކޮށް އިޢުލާންކޮށްފިކުޅިވަރު | 3 ދުވަސް ކުރިންނެގްރެއިރާ މައްސަލައަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ: ފްލޮރެންޓީނޯ ޕެރޭޒްކުޅިވަރު | 6 ދުވަސް ކުރިން