logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފެންފޮދަކާ ނުލައި 24 ގަޑިއިރުތެރޭގައި ގޯޑަން ބާސާއަށް ސޮއިކޮށްފި

އަބްދުﷲ ޣާނިމް
28 މޭ 2026 - 07:18
ފެންފޮދަކާ ނުލައި 24 ގަޑިއިރުތެރޭގައި ގޯޑަން ބާސާއަށް ސޮއިކޮށްފި

ނިއުކާސަލް ޔުނައިޓެޑަށް ކުޅެމުން އަންނަ އިންގްލެންޑުގެ ފޯވާޑް އެންތަނީ ގޯޑަން ބާސެލޯނާއަށް ބަދަލުވުމަށް، 69 މިލިއަން ޕައުންޑަށްވުރެ ބޮޑު އަގަކަށް ދެ ކްލަބުގެ މެދުގައި އެއްބަސްވުމަކަށް އަތުވެއްޖެއެވެ. މި ޓްރާންސްފާ އާއެކު ބާސެލޯނާއަށް ގިނަބަޔަކު ފާޑުކިޔާފައިވާއިރު، މި ކުޅުންތެރިޔާ ސޮއި ކުރުވަަނީ ސީދާ ކުލަބުގެ ކޯޗު ހާންސީ ފްލިކް ގަޔާވާ ކުޅުންތެރިއަކަށްވާތީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބީބީސީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ޓްރާންސްފާގެ އަގު 80 މިލިއަން ޔޫރޯ (69.3 މިލިއަން ޕައުންޑް) އަށްވުރެ މަތިވާނެއެވެ. ގޯޑަން ބާސެލޯނާއަށް ބަދަލުވުމުގެ އެންމެ ފަހުގެ ކަންކަން ނިންމުމަށްފަހު، ވޯލްޑް ކަޕަށް ތައްޔާރުވުމަށް އިންގްލެންޑް ޓީމާއެކު އެމެރިކާއަށް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޓްރާންސްފާއާ ގުޅޭގޮތުން ޖަރުމަނުގެ ބަޔާން މިއުނިކުން ވެސް ނިއުކާސަލްއާއެކު މަޝްވަރާ ކުރި ނަމަވެސް، އެ ކްލަބުން ހުށަހެޅި އަގާއި ނިއުކާސަލްއިން ބޭނުންވި އަގާ ދެމެދު ބޮޑު ފަރަގެއް ހުއްޓެވެ. ނަތީޖާއެއްގެ ގޮތުން ނިއުކާސަލްއިން ގަބޫލުކުރާ ފަދަ ހުށަހެޅުމެއް ހުށަހެޅީ ބާސެލޯނާއިންނެވެ.

ނިއުކާސަލްގެ ޗީފް އެގްޒެކެޓިވް ޑޭވިޑް ހޮޕްކިންސަން މީގެކުރިން ވިދާޅުވެފައިވަނީ ކުޅުންތެރިން ވިއްކާނީ އެ ކްލަބުން ބޭނުންވާ ޝަރުތުތަކުގެ މަތިން ކަމަށެވެ. ގޯޑަންގެ ކޮންޓްރެކްޓް 2030 ވަނަ އަހަރާ ހަމައަށް އޮތުމާއެކު، އޭނާ ވިއްކާލުމުގައި ނިއުކާސަލް އޮތީ ބާރުގަދަ މަގާމެއްގައެވެ. މިދިޔަ ސީޒަނުގައި ލީގުގެ 12 ވަނައިގައި ނިންމާލަން ޖެހުމުން، ޓީމު އަލުން ބިނާކުރުމަށްޓަކައި ނިއުކާސަލްއަށް ފައިސާ ބޭނުންވެފައިވާ ދަނޑިވަޅެއްގައި މިއީ އެ ކްލަބަށް ލިބޭނެ ބޮޑު އެހީއެކެވެ.

މި ޓްރާންސްފާއިން ލިބޭ ފައިދާގެ 15 އިންސައްތަ ގޯޑަންގެ ކުރީގެ ކްލަބު އެވަަޓަންއަށް ލިބޭނެއެވެ. އެއީ 2023 ވަނަ އަހަރު 45 މިލިއަން ޕައުންޑަށް ގޯޑަން ވިއްކާލިއިރު އެއްބަސްވެފައިވާ ގޮތުގެ މަތިންނެވެ.

ސީޒަނުގެ ފަހު ހަތަރު މެޗުގައި ކޯޗު އެޑީ ހޯވް ގޯޑަން ބެންޗުގައި ބޭންދީ ޓީމުގެ މުސްތަގުބަލަށް ވިސްނާފައެވެ. ސީޒަނުގެ ފަހު މެޗުގައި ފުލަމް އަތުން ބަލިވި ނަމަވެސް، ނިއުކާސަލްގެ ސަޕޯޓަރުން ވަނީ ގޯޑަންގެ ނަމުން އަޑުގަދަކޮށް އޭނާއަށް ވަދާއީ ސަލާމް ކޮށްފައެވެ.
މީގެ އިތުރުން މި ޓްރާންސްފާ މާކެޓްގައި ބާސާއިން އިތުރު 2 ކުޅުންތެރިޔަކު ސޮއިކުރާނެކަމަށް ރިޕޯޓްތައް ލިބެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒްގެ ސޮއިހޯދުމުގެ މަސައްކަތް ބާސެލޯނާއިން ބާރަށް ކުރިޔަށްކުޅިވަރު | ގަޑިއިރެއް ކުރިންފެންފޮދަކާ ނުލައި 24 ގަޑިއިރުތެރޭގައި ގޯޑަން ބާސާއަށް ސޮއިކޮށްފިކުޅިވަރު | ގަޑިއިރެއް ކުރިން ވަދާޢީ މެޗުގައި ގޯލުޖަހައި ލެވަންޑޮވްސްކީގެ ބާސާގެ ކާމިޔާބު ކެރިއަރު ނިންމާލައިފިކުޅިވަރު | 4 ދުވަސް ކުރިންދެސީޒަންތެރޭ 5 ތަށި ބާސެލޯނާއަށް ހޯދައިދިން ކޯޗު އިތުރު ދެއަހަރަށް ބާސާގައި ހުންނަން ކޮންޓްރެކްޓް އައުކޮށްފިކުޅިވަރު | 9 ދުވަސް ކުރިން