logo
Bank of Maldives

Bank of Maldives

ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓޫން ސިނގިރޭޓް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ

އާމިނަތު ޝަފާ
22 ނޮވެމްބަރު 2025 - 05:13
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓޫން ސިނގިރޭޓް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެ


ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓޫން ސިނގިރޭޓް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުންގެ ބުނީ ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 32 ކާޓޫން ސިނގިރޭޓް ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި، އޭގެ ތެރެއިން ހަ ކާޓޫން ސިނގިރޭޓް މަދުވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ތަކެއްޗަކީ ބިދޭސީއެއްގެ އަތުން 2025 މެއި 23 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތިކަމަށާއި މި ތަކެތީގެ ތެރެއިން 6 ކާޓަން ސިނގިރޭޓް މަދުކަން އެނގިފައިވަނީ އެ ތަކެތި ކަސްޓަމްސްއާ ޙަވާލުކުރުމަށް 2025 ނޮވެމްބަރު 12 ވަނަ ދުވަހު ބެލި އިރުގައިމަށް ފުލުހުން މައުލުމާތުދެއެވެ.

އޭގެ އިތުރުން، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނިކޮށް، ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި، 2024 ޑިސެމްބަރު 23 ވަނަ ދުވަހު 2 ބިދޭސީއެއްގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 25 ކާޓަން ސިނގިރޭޓް މަދުވެފައިވާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަތަކާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ބަލަމުންނެވެ. އަދި މައްސަލައިގެ ޖިނާއީ ތަޙުޤީޤު ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުންކަން ފުލުހުން ހާމަކުރެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި 31 ކާޓޫން ސިނގިރޭޓް ވަގަށް ނެގި މައްސަލައެއް ފެންމަތިވެއްޖެޚަބަރު | ގަޑިއިރެއް ކުރިންހައްޔަރުކުރި އެންޑީއޭގެ މުވައްޒަފުގެ ބަންދަށް 15 ދުވަސްޚަބަރު | 4 ގަޑިއިރު ކުރިންރައުދު، ކުށަށް އިއުތިރާފުވެއްޖެ؛ ހުކުމް ކުރުން އަންނަ ހަފްތާގައިޚަބަރު | 2 ދުވަސް ކުރިންޖަރުމަނު ވިލާތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 2 ދުވަސް ކުރިން