logo
Bank of Maldives

Bank of Maldives

ޚަބަރު

ހިޔާ އެޕާޓްމަންޓެއްގައި ހަށިވިއްކަމުގެ ވިޔަފާރި ކުރަމުންދިޔަ ދިވެއްސަކާއި އުޒްބެކިސްތާނު އަންހެނުންތަކެއް ހައްޔަރުކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ޑިސެމްބަރު 2025 - 03:10
ފުލުހުން ހައްޔަރުކުރި މީހުން، ފޮޓޯ: ޕޮލިސް
ފުލުހުން ހައްޔަރުކުރި މީހުން، ފޮޓޯ: ޕޮލިސް

ދިވެއްސަކާއި ބިދޭސީއަކު ގުޅިގެން ރާއްޖެއަށް ބިދޭސީ އަންހެނުން ގެނެސް، ފައިސާއަށް ހަށިވިއްކުވައި، މަސްތުވާތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދިވެއްސަކާއި އުޒްބެކިސްތާނުގެ ހަތަރު އަންހެނުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ 2025 ނޮވެމްބަރު 29 ވަނަ ދުވަހުގެރޭ 21:49 އެހާކަންހާއިރު ހުޅުމާލޭގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ރ. ރަސްގެތީމު / ކިއުބާ، ޙުސައިން ސޮލާހު (40އ) އާއި އުޒްބެކިސްތާނުގެ 4 އަންހެނުންކަމަށްވާ ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ (40އ) އާއި ޑިލްޑޯރާ އެގަމްނަޒޮވާރާ (31އ) އާއި ޝަހުޒޮޑަޚޮން ރުސްތަމޯވާ (28އ) އާއި އުމިޑަބޮނޫ ނެމަޓޯވާ (34އ) އެވެ. މި 5 މީހުން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ހުޅުމާލެ ފޭސް 2 ގެ ހިޔާ 12 ވަނަ ޓަވަރުގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް ކުށުގެ ވެށިންނެވެ. ހައްޔަރުކުރެވުނު މީހުންގެ ތެރެއިން ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަކީ މި ވިޔަފާރީގައި އިސްކޮށް ހަރަކާތްތެރިވާކަމަށް ތުހުމަތުކުރެވޭ ދެ މީހުންނެވެ.

ފުލުހުން މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، އެތަނުން 19،100 އަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 18،000ރ އަށްވުރެ ގިނަ ދިވެހި ފައިސާ ފެނިފައިވެއެވެ. މި ފައިސާތައް ބޭނުންކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރިއާއި މަސްތުވާތަކެތީގެ އަމަލުތަކަށްކަމަށް ތުހުމަތުކުރެވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލާގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ ޙުސައިން ސޮލާހު އާއި ޒަރީމާ ގުލަމޮވެނާ ޑެޖުރައެވާ އަށް 10 ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ދީފައެވެ. އަދި އަނެއް ތިން އަންހެނުންނަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. ފުލުހުން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް މައުލޫމާތު ލިބެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާ އެޕާޓްމަންޓެއްގައި ހަށިވިއްކަމުގެ ވިޔަފާރި ކުރަމުންދިޔަ ދިވެއްސަކާއި އުޒްބެކިސްތާނު އަންހެނުންތަކެއް ހައްޔަރުކޮށްފިޚަބަރު | 37 މިނިޓު ކުރިންޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ ފަރާތުން ފެންނަމުންދާ ކުށްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފިޚަބަރު | 10 ގަޑިއިރު ކުރިންހުޅުމާލޭ ގެސްޓްހައުސްއެއްގެ ކޮޓަރިއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެޚަބަރު | 19 ގަޑިއިރު ކުރިންޑްރަގް ހިފައިގެން ފިލަން ދުއްވި މީހަކު ހައްޔަރުކޮށްފިޚަބަރު | 20 ގަޑިއިރު ކުރިން