logo
Bank of Maldives

Bank of Maldives

ޚަބަރު

ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ ފަރާތުން ފެންނަމުންދާ ކުށްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

އާމިނަތު ޝަފާ
30 ނޮވެމްބަރު 2025 - 17:19
ޤަވާއިދާ ޚިލާފަށް އުޅޭ ބަންގްލަދޭޝް މީހުންގެ ފަރާތުން ފެންނަމުންދާ ކުށްތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ފަރާތުން ފެންނަމުންދާ ކުށްތަކާއި އެކަން ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާކޮށްފައި ވަނީ މޮރޮކޯ މަރަކޭޝްގައި މިހާރު ކުރިއައްދާ 93 ވަނަ އިންޓަރޕޯލް ޖެނެރަލް އެސެމްބްލީގެ ތެރެއިން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބަންގްލަދޭޝް ޕޮލިސްގެ އިސްވެރިޔާ އިންސްޕެކްޓަރ ޖެނެރަލް ބަހާރުލް އަލަމްއާއެކު ބޭއްވި ބައްދަލުވުމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝް މަސައްކަތްތެރިންގެ ތެރެއިން ގަވާއިދާ ހިލާފަށްއުޅޭ މީހުންގެ ފަރާތުން ފެންނަމުންދާ ކުށްތަކާއި އެކަން ހައްލުކުރުމަށް މައުލޫމާތު ދިނުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ. އަދި ރާއްޖޭގެ ކުށުގެ މާހައުލުގައި އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ކަންކަމުގައި ދެގައުމުގެ ފުލުހުންގެ އިދާރާ ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއަށް އެކި ގައުމުތަކުން އަންނަ މަސައްކަތްތެރިންގެ ފަރާތުން ދިމާވާ ބައެއް ދަތިތަކާއި އެ ދަތިތައް ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ މައުލޫމާތު ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ބަންގްލަދޭޝްގެ ވަފުދާ ހިއްސާކުރައްވާފައެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ގާބިލްކަން އިތުރު ކުރުމަށް ބަންގްލަދޭޝް ޕޮލިސް އެކަޑަމީއާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި ގުދުރަތީ ކާރިސާތަކާއި ކުއްލި ހާލަތުގައި ފުލުހުން މަސައްކަތް ކުރާނެ ގޮތްތަކާއި ގުޅޭގޮތުން ބަންގުލަދޭޝް ފުލުހުންގެ ތަޖުރިބާ ދިވެހި ފުލުހުންނަށް ހިއްސާ ކުރުމާއި، އެދާއިރާއިން ދިވެހި ފުލުހުން ތަމްރީނު ކުރުމަށް އެއްބާރުލުން ދިނުމާއި ގުޅޭ މަޝްވަރާތައް ކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިމަތިފަރާތުގަ މަސްތުވާތަކެތި ފޮރުވައިގެން ގެނައި އަންހެނަކު ހައްޔަރުކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންފޯކައިދޫގައި ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައި ގެއަށް ގެއްލުންދިން މައްސަލައެއް ބަލަނީޚަބަރު | 2 ގަޑިއިރު ކުރިންކިނބިދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 2 ދުވަސް ކުރިންދުވާފާރުގައި ބިދޭސީ އަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލައިފިޚަބަރު | 3 ދުވަސް ކުރިން