logo
Bank of Maldives

Bank of Maldives

ދުނިޔެ

ލަންކާގެ މޫސުމީ ކާރިޘާ: މަރުވި މީހުންގެ އަދަދު 334 އަށް

ޒިދާން މުޙައްމަދު
1 ޑިސެމްބަރު 2025 - 04:38
ލަންކާގެ މޫސުމީ ކާރިޘާ: މަރުވި މީހުންގެ އަދަދު 334 އަށް

އަވަށްޓެރި ސްރީލަންކާއަށް ކުރިމަތިވި މޫސުމީ ކާރިޘާގެ ސަބަބުން މަރުވި މީހުންގެ އަދަދު 334 އަށް އުފުލިއްޖެއެވެ.

ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީ.އެމް.ސީ) އިން ވަނީ އެންމެ ފަހުގެ ތަފާސްހިސާބު ހާމަކޮށްފައެވެ. މިކާރިޘާއަކީ ފާއިތުވެދިޔަ ދެދަހަހުގެ ތެރޭގައި އެ ގައުމަށް ކުރިމަތިވި އެންމެ ބޮޑު ގުދުރަތީ ކާރިޘާއެވެ. އަދި 2004ގެ ސުނާމީއަށްފަހު އެންމެ ބޮޑެތި ގެއްލުންތައް ލިބުނު ކާރިޘާވެސް މެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑީ.އެމް.ސީ އާދިއްތަ ދުވަހުގެ ހެނދުނުގެ ވަގުތާ ހަމައަށް މަރުވި މީހުންގެ އަދަދު 212 އެރި ކަމަށް ކުރިން ބުނެފައިވާއިރު، މިހާރު އެ އަދަދު 334 އަށް އުފުލިފައިވާ ކަމަށް ޑީ.އެމް.ސީ އިން ބުނެއެވެ.

މީގެ އިތުރުން ގާތްގަނޑަކަށް 400 އަށްވުރެ ގިނަ މީހުން ގެއްލިގެން ހޯދަމުންދާއިރު، ރިކޯޑް މިންވަރަކަށް ވާރޭވެހުމުގެ ސަބަބުން ފެންބޮޑުވެ 1.3 މިލިއަން މީހުންނަށް ކާރިޘާގެ އަސަރުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެންމެ ބޮޑަށް އަސަރުކޮށްފައިވާ މެދުތެރޭގެ ސަރަހައްދުތަކުގައި ވެއްޓިފައިވާ ގަސްގަހާގެހި އަދި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން ޖަމާވެފައިވާ ފަސްގަނޑު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ލިބިފައިވާ ގެއްލުންތަކުގެ ބޮޑުމިން ފަޅިކަންމަތިވަމުންދާ ކަމަށް އޮފިޝަލުން ވިދާޅުވެއެވެ.

ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނާޔަކަ ވަނީ މި ކާރިޘާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކުރައްވައި، ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު އަލުން ޤައުމު ބިނާކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގެންފައެވެ.

މިއީ ލަންކާގެ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު އަދި އެންމެ ގޮންޖެހުން ބޮޑު ގުދުރަތީ ކާރިޘާގެ ގޮތުގައި ޤައުމީ ހިތާބެއްގައި ރައީސް މިކަން ސިފަކުރެއްވިއެވެ.

ސްރީލަންކާގެ ގިނަ ސަރަހައްދުތަކަށް މިހާރު ވާރޭ ވެހުން ހަމައަކަށް އެޅިފައިވީ ނަމަވެސް، ވެރިރަށުގެ ތިރި ހިސާބުތަކުގައި މިއަދުވެސް ބޯކޮށްވާރޭވެހި ފެން ބޮޑުވެފައިވެއެވެ.

ކާރިޘާއާ ގުޅިގެން އެހީވުމުގެ ބޮޑު އޮޕަރޭޝަނެއް އެ ގައުމުގައި ކުރިއަށް އެބަދެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލަންކާގެ މޫސުމީ ކާރިޘާ: މަރުވި މީހުންގެ އަދަދު 334 އަށްދުނިޔެ | ގަޑިއިރެއް ކުރިން