logo
Bank of Maldives

Bank of Maldives

ޚަބަރު

ބޭރުގައި ތައުލީމް ހާސިލްކުރާ ދަރިވަރުން ރާއްޖޭގެ އެންބަސީގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

އާމިނަތު ޝަފާ
3 އޮކްޓޯބަރު 2024 - 08:15
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު// ފޮޓޯ: މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާ
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު// ފޮޓޯ: މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާ

ތައުލީމް ހާސިލްކުރުމަށް ރާއްޖެއިން ބޭރަށް ފުރާ ދަރިވަރުން އެ ޤައުމެއްގައި ހުންނަ ރާއްޖޭގެ އެންބަސީގައި ރަޖިސްޓްރީވުމަށް މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ސެކެޓްރީ، ބައިލޭޓްރަލް، ޑރ. ހާލާ ހަމީދު އިލްތިމާސްކުރައްވައިފިއެވެ.

ޑރ. ހާލާ މިފަދައިން އިލްތިމާސްކުރެއްވީ ތުރުކީއިން ދިވެހި ދަރިުވަރުންނަށް ލިބިފައިވާ ސްކޮލޮޝިޕްތަކުގައި ކިޔެވުމަށް މިހާތަނަށް ފުރުސަތު ލިބި، ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނަށް، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއިބެހޭ ވުޒާރާއިން ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުރުމަށް ހަމަޖެހިފައިވާ ދަރިވަރުންނާއި މުހާތަބު ކުރައްވާ ޑރ. ހާލާ ވިދާޅުވީ ތައުލީމް ހާސިލްކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓްރީވުމަކީ ވަރަށް މުހިންމުކަމެއްކަމަށާއި އޭރުން ދިމާވާ ކަންކަމުގައި އެންބަސީއިން ދަރިވަރުންނަށް އެހީތެރިކަންފޯރުކޮށްދީ މުއާމަލާތްކުރުމަށް ފަސޭހަވެގެންދާނެކަމަށެވެ.

ތުރުކީގައި ހުންނަ ދިވެހިރާއްޖޭގެ އެންބަސީ އިން އެ ޤައުމުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާ އެންމެހާ ދިވެހި ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަޤީކަން އަޅުގަނޑު އަރުވަން. އެހެންކަމުން ތަޢުލީމު ހާޞިލުކުރުމަށް ފުރާ ދަރިވަރުން އެންބަސީގައި ރަޖިސްޓަރ ވުމަށް އަޅުގަނޑު އިލްތިމާސްކުރަން. އޭރުން ދަރިވަރުންނަށް ދިމާވާ ކަންކަމުގައި މުއާމަލާތުކޮށް އެހީތެރިވުމަށް ފަސޭހަވެގެންދާނެ.

ޑރ. ހާލާ ގެ ވާހަކަފުޅުގައި ދިވެހި ދަރިވަރުންނަށް ލިބުނު ތުރުކީ ސްކޮލަރޝިޕްގެ ފުރުޞަތަކީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތުރުކީވިލާތަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ކާމިޔާބީކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން ދަރިވަރުންނާއި މުހާތަބުކުރައްވާ ވިދާޅުވީ ސްކޮލަޝިޕް ތުރުކީވިލާތުގައި މަތީ ތަޢުލީމު ހާޞިލުކުރަމުންދާއިރު، އެ ޤައުމުގެ އާދަކާދައާއި ސަޤާފަތްތަކަށް އަހުލުވެރިވުމަކީ ވަރަށް މުހިއްމުކަމެއް ކަމަށެވެ.

ތުރުކީވިލާތުން ހުޅުވައިލި މި ސްކޮލަރޝިޕްގައި، ބެޗްލާރސް ޑިގްރީ، މާސްޓަރސް ޑިގްރީ އަދި ޑޮކްޓަރަލް ޑިގްރީގެ ފުރުޞަތުތަށް ހިމެނެއެވެ. މި ފުރުޞަތުތަކުގެ ތެރެއިން މިހާތަނަށް 14 ދަރިވަރުން ވަނީ ސްކޮލަޝިޕް އަށް ހޮވިފައެވެ. އަދި އޭގެތެރެއިން 11 ދަރިވަރުން ވަނީ ތުރުކީވިލާތަށް ފުރުމަށް ތައްޔާރުވެފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފިޚަބަރު | 3 ދުވަސް ކުރިންއެގްރިކަލްޗަރަލް ސައިންސް ދާއިރާއިން ހިލޭ މަތީ ތައުލީމަށް ކިޔެވޭ ސްކޮލަރޝިޕް ސަރުކާރުން ހުޅުވާލައިފިޚަބަރު | 9 ދުވަސް ކުރިން93 ސްކޮލަރޝިޕް ސްކީމަށް 344 މިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 2 މަސް ކުރިންސްޓޫޑެންޓް ލޯން ސްކީމްގެ ދަށުން 982 މިލިއަން ރުފިޔާއަށްވުރެ ގިނަ ރުފިޔާ ދޫކޮށްފިޚަބަރު | 2 މަސް ކުރިން