logo
Bank of Maldives

Bank of Maldives

ޚަބަރު

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

އިސްމާޢިލް ރާތިޢު
1 ޑިސެމްބަރު 2025 - 09:56
އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

އަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަސްދީގުކުރައްވައިފިއެވެ.

މި އިސްލާހާއެކު، ލާމަރުކަޒީ އިދާރީ ދާއިރާތައް ހިންގުމަށް އަތޮޅު ކައުންސިލުތައް އުފައްދަން ގާނޫނުއަސާސީން ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ވުން ނިމުމަކަށް އައިސް، އިދާރީ ދާއިރާތަކުގެ ހިންގުން ރަށު އަދި ސިޓީ ކައުންސިލުތަކަށް ބަދަލުކުރެވޭނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މިފަދައިން ޢަމަލުކުރަން ފަށާނީ ގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ދެން އެންމެ އަވަހަށް ބޭއްވޭ ލޯކަލް ކައުންސިލް އިންތިޚާބަކުން ފެށިގެން ކަމަށްވެސް މި ގާނޫނުގައި ބުނެފައިވެއެވެ. އެހެންކަމުން ގާނޫނު ތަސްދީގުވިނަމަވެސް އިންތިހާބާ ހަމައަށް ހުރިހާ ކައުންސިލެއްގެ މެންބަރުންގެ މަގާމުތައްވެސް ދެމިއޮންނާނެއެވެ.

ގާނޫނުއަސާސީ މިފަދައިން އިސްލާހުކުރަން ނިންމާފައިވާކަން ރައީސް ޑރ. މުޢިއްޒު ހާމަކުރެއްވީ، ޅ. އޮޅުވެލިފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ. ރައީސް އެދުވަހު ވަނީ އަތޮޅު ކައުންސިލުތަކުގެ ބަޖެޓު، ރަށު ކައުންސިލުތަކަށަޢި ސިޓީ ކައުންސިލުތަކަށް އިތުރުވާ ބަޖެޓު ހޭދަކުރަން ނިންމާފައިވާ ގޮތްވެސް ވިދާޅުވެދެއްވާފައެވެ.

އެގޮތުން އެމަނިކުފާނު ވިދާޅުވީ އަތޮޅު ކައުންސިލުތައް އުވާލުމުން ލިބޭ ފައިސާ ބަހާލާނީ ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތަކަށް ކަމަށާއި އަދި އަތޮޅު ކައުންސިލް ނެތުނީމާ އިތުރުވާ ފައިސާ ހޭދަކުރާނީ ރައްޔިތުންގެ އިޖްތިމާއީ ކަންކަމަށް ފަހިވާނެ ގޮތަށް ކަމަށެވެ.

އަދި ކައުންސިލްތަކަށް އިތުރުވާ ބަޖެޓު ހަމަޖައްސާނީ ކޮންމެ ރަށެއްގެ ކައުންސިލްތައް މެދުވެރިކޮށް، އެ ރަށެއްގައި އުޅޭ އިޖްތިމާއީ ގޮތުން އެހީ ބޭނުންވާ ފަރާތްތަކަށް އެހީ ތެރިކަން ދެވޭ ގޮތަށް ލާޒިމް ކޮށްގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި ގާނޫނު ތަސްދީގުކޮށް، ގެޒެޓުގައި ޝާއިއުކުރުމުން މިހާރުވަނީ ގާނޫނަށް އަމަލުކުރަން ފަށާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން ހަމަހަމަކާއެކު ކޮންމެ ރައްޔިތަކަށްވެސް ޞިއްޙީ ފަރުވާ ކަށަވަރުކުރަން ޖެހޭ :ރައީސްޚަބަރު | ގަޑިއިރެއް ކުރިން ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ކަނޑައެޅި އިސްލާހް ތަސްދީގުކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންއަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންއޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ ޚަރަދު އުނިކޮށް، ކުރީގެ ނައިބުންނަށް އިނާޔަތް ދޭން ފާސްކޮށްފިޚަބަރު | 6 ގަޑިއިރު ކުރިން