logo
Bank of Maldives

Bank of Maldives

ޚަބަރު

ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ކަނޑައެޅި އިސްލާހް ތަސްދީގުކުރައްވައިފި

އައިޝަތު ނަޝާ
1 ޑިސެމްބަރު 2025 - 10:12
 ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ކަނޑައެޅި އިސްލާހް ތަސްދީގުކުރައްވައިފި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، ނޮވެންބަރު 27 ވީ ބުރާސްފަތި ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 26 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިލު ހުށައެޅުމުގެ ބޭނުމަކީ، ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިޚާބު ބާއްވައި އެ އިންތިޚާބުގެ އެންމެހައި އުޞޫލުތަކާއި ކަންކަން ކަނޑައަޅައި ބަޔާންކުރުމަށް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމެވެ.

އެގޮތުން ގެނެވުނު އިސްލާޙްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ލޯކަލް ކައުންސިލެއްގެ ހުސްވެފައިވާ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރަން ބާއްވާ ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ވަނީ ކަނޑައަޅައި އިސްލާޙްކޮށްފައެވެ.

މި ބިލު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވުމާއެކު މި ބިލު ޤާނޫނަކަށްވެ މިހާރު ވަނީ ޢަމަލުކުރަން ފަށައިފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބައިނަލްއަޤްވާމީ ގުޅުންތަކުގެ ތެރެއިން ހަމަހަމަކާއެކު ކޮންމެ ރައްޔިތަކަށްވެސް ޞިއްޙީ ފަރުވާ ކަށަވަރުކުރަން ޖެހޭ :ރައީސްޚަބަރު | 2 ގަޑިއިރު ކުރިން ބައި-އިލެކްޝަން ބާއްވަންވާނީ، އަހަރަކު ދެ ފަހަރު ކަމަށް ކަނޑައެޅި އިސްލާހް ތަސްދީގުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންއަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންރަސްގެފާނު ޗާލްސްގެ ދައުވަތަކަށް ރައީސް އިނގިރޭސިވިލާތަށްޚަބަރު | ދުވަހެއް ކުރިން