logo
Bank of Maldives

Bank of Maldives

ޚަބަރު

އޮންލައިންކޮށް މަޖިލީހަށް ޕެޓިޝަން ހުށައެޅޭ ގޮތަށް ފާސްކޮށްފި

އައިޝަތު ނަޝާ
1 ޑިސެމްބަރު 2025 - 11:29
އޮންލައިންކޮށް މަޖިލީހަށް ޕެޓިޝަން ހުށައެޅޭ ގޮތަށް ފާސްކޮށްފި

އޮންލައިންކޮށް ޕެޓިޝަން ހުށައެޅޭ ގޮތަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް ގެނައި އިސްލާހު ފާސްކޮށްފިއެވެ.

ޢާންމު ކޮމިޓީން ދިރާސާކުރުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 272 ވަނަ މާއްދާގެ "ނ" ގައިވާ ގޮތުގެ މަތިން، މަޖިލީހުގެ ގަވާއިދުގެ 51 ވަނަ ބާބަށް ގެނައި އިސްލާހު ފާސްކުރީ 57 މެންބަރުންގެ ތާޢީދާއެކުއެވެ. ދެކޮޅަށް 9 މެންބަރަކު ވޯޓު ދެއްވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 51 ވަނަ ބާބަށް ގެނައި އިސްލާހާއެކު ދެ ބާވަތެއްގެ ޕެޓިޝަން މަޖިލީހަށް ހުށައެޅޭނެއެވެ. އެއީ ކަރުދާސް ޕެޓިޝަނާއި އިލެކްޓްރޯނިކް ޕެޓިޝަން ނުވަތަ އީ-ޕެޓިޝަންއެވެ. އަދި ކަރުދާސް ޕެޓިޝަން ހުށައަޅާނީ މަޖިލީހުގެ އިދާރާއަށްކަމަށާއި އީ-ޕެޓިޝަން ހުށައަޅާނީ އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް (އީ-ޕެޓިޝަން ޕޯޓަލް) މެދުވެރިކޮށްކަމަށް އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މި އިސްލާހުގައި މަޖިލީހަށް ހުށައަޅާ، ޕެޓިޝަނެއްގައި ހުންނަންޖެހޭ ޝަރުތުތައްވެސް ކަނޑައަޅާފައިވެއެވެ. އެ ގޮތުން އެކަށީގެންވާ ރީތި ޢިބާރާތުން ދިވެހިބަހުގެ އަދަބުތަކާ އެއްގޮތްވާ ގޮތުގެ މަތިން މަޖިލީހަށް މުޚާތަބުކޮށް ޢިބާރާތްކޮށްފައިވުމާއި ކަރުދާސް ޕެޓިޝަނެއްގައި އެއް ގަނޑަކަށްވުރެ ގިނަ ގަނޑު ހިމެނޭނަމަ ޕެޓިޝަން ހުށައަޅާ ފަރާތުން އެއިން ކޮންމެ ގަނޑެއްގައިވެސް ސޮއިކޮށްފައިވުން ހިމެނެއެވެ. އަދި ޕެޓިޝަންގައި ޕެޓިޝަން ހުށައަޅާ ފަރާތާއެކު މަދުވެގެން 500 މީހުން ސޮއިކޮށްފައި އޮތުމަކީވެސް ޝަރުތެކެވެ. ޕެޓިޝަންގައި ޝަރުތެއް އުނިވާނަމަ، ޕެޓިޝަން ބަލައި ނުގަންނާނެއެވެ.

މި އިޞްލާޙް ފާސްވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުން ނެރުއްވި ބަޔާނެއްގައި ވަނީ، އިލެކްޓްރޯނިކް ޕެޓިޝަން ޕޯޓަލް އިފްތިތާޙުކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހު ކަމަށެވެ. އެހެންކަމުން މި އިޞްލާހަށް ޢަމަލުކުރަން ފަށާނީ އެ ދުވަހުން ފެށިގެންކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ފާސްކުރި ބިލު ތަސްދީގުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންއޮންލައިންކޮށް މަޖިލީހަށް ޕެޓިޝަން ހުށައެޅޭ ގޮތަށް ފާސްކޮށްފިޚަބަރު | 3 ގަޑިއިރު ކުރިންއަތޮޅު ކައުންސިލްތައް އުވާލުމަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންއޮފީސް ހިންގަން ކުރީގެ ރައީސުންނަށް ދޭ ޚަރަދު އުނިކޮށް، ކުރީގެ ނައިބުންނަށް އިނާޔަތް ދޭން ފާސްކޮށްފިޚަބަރު | 8 ގަޑިއިރު ކުރިން