logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިންގެ ފަރާތުން ލަންކާއަށްވީ އެހީއަށް ލަންކާ ރައީސްގެ ޝުކުރު!

އާމިނަތު ޝަފާ
3 ޑިސެމްބަރު 2025 - 13:42
ދިވެހިންގެ ފަރާތުން ލަންކާއަށްވީ އެހީއަށް ލަންކާ ރައީސްގެ ޝުކުރު!

އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް، ދިވެހިރާއްޖެއިން އެ ގައުމަށް ވެދިން އެހީއަށް އެގައުމުގެ ރައީސް އަނުރާ ކުމަރަ ޑިސަނަޔަކޭ ޝުކުރު ދަންނަވައިފިއެވެ.

ލަންކާގެ ރައީސް ކުރެއްވި ޕޯސްޓުގައި ވަނީ ރައީސް ޑރ. މުއިއްޒު ފޮނުއްވި މެސެޖާއި ރާއްޖެއިން ފޮނުވި ދީލަތި އެހީއަށް ޝުކުރު ދަންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެއިން ދައްކުވައިދިން އެއްބައިވަންތަކަމަކީ ލަންކާގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށާއި އަދި މިކަމުގެ ސަބަބުން ލަންކާއާއި ރާއްޖެއާ ދެޤައުމުގެ މެދުގައި ޒަމާނުންސުރެ އޮތް ގުޅުމުގެ ހަރުދަނާކަން ދައްކުވައިދޭކަމަށް ލަންކާގެ ރައީސް ވިދާޅުވިއެވެ.

ލަންކާއަށް ކުރިމަތިވި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމާ ގުޅިގެން ލަންކާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާއްޖޭގެ މީޑިއާތަކުން ކުރިއަށްގެންދިޔަ "ސިލޯނާއެކު ދިވެހީން ޓެލެތޯނުން" ލިބުނު 800،352 ޑޮލަރު ލިބިފައިވާއިރު ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވުމަށް ކަނޑައެޅުއްވި 50 ހާސް ޑޮލަރު އެ ގައުމާއި ވަނީ ހަވާލުކޮށްފައެވެ. އަދި އެ ގައުމަށް 25،000 ކޭސް މަސް ދަޅު ކޭސް ހިފައިގެން އެމްއެސްއެސްގެ ބޯޓެއް ވަނީ ރާއްޖެއިން ފުރައިފައެވެ.

ލަންކާއަށް ކުރި ވިއްސާރައިގައި އެ ގައުމުން މީހުންގެ އަދަދު 450 އަށް ވުރެ މައްޗަށް ވަނީ އަރައިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަނޑުންނާއި ފަޅުން އެމްޑީޕީން ދިން ގޯތިތައް ބިމަށް، ހުރިހާ ޝުކުރެއް ރައީސް މުޢިއްޒަށްރިޕޯޓް | 7 ގަޑިއިރު ކުރިންމަސްމާރުކޭޓު ތަރައްޤީކުރާނީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގައި ޚަބަރު | 14 ގަޑިއިރު ކުރިންފޭސް ތިނަކުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހު ގޯތިތަށް ހަވާލުކުރަނީޚަބަރު | 16 ގަޑިއިރު ކުރިންހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ނެގޭ ގޮތަށް، ޕެންޝަން ޤާނޫނު އިސްލާހު ކުރަނީޚަބަރު | 16 ގަޑިއިރު ކުރިން