logo
Bank of Maldives

Bank of Maldives

ޚަބަރު

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނިންމުން: ރައީސްގެ ހިތްވަރުގަދަ ނިންމެވުމެއް

އާމިނަތު ޝަފާ
3 ޑިސެމްބަރު 2025 - 11:51
ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނިންމުން: ރައީސްގެ ހިތްވަރުގަދަ ނިންމެވުމެއް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ނިންމުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ހިތްވަރުގަދަ ނިންމެވުމެއްކަމަށް ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި  ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކުރާ މީހުން ނުވަތަ އޭގެ ވިޔަފާރި ކުރުމުގެ ކުށް ސާބިތުވާ މީހުންނަށް މަރުގެ އަދަބު ދޭން ސުޕްރީމް ކޯޓުން މައްސަލަ ބަލާ ފަނޑިޔާރުން އިއްތިފާގުވާ ހާލަތުގައި އެ އަދަބު ކަނޑައެޅޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލިހުން ފާސްކުރުމާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒަށް ޝުކުރު ދަންނަވައި މުހުތާޒު ވިދާޅުވީ ދިވެހިރައްޔިތުންނަށްޓަކައި ރައީސް މުއިއްޒު ނިންމަވަނީ ހިތްވަރުގަދަ ނިންމެވުންތަކެއްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ގާނޫނުގައި އުމުރަށް ޖަލަށް ލުމުގެ އަދަބު ނުވަތަ މަރުގެ އަދަބު ކަނޑައަޅާފައިވާ ކުށްތަކަކ،ީ އެއްވެސް ގޮތަކަށް އަދަބު މާފު ކޮށްދެވިގެން ނުވަތަ ލުއި ކޮށްދެވިގެން ނުވާނެ ކުށްތަކެއް ކަމަށް ވެސް ބިލުގައި ކަނޑައަޅާފައިވެ އެވެ. އެހެންވެ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުމުރަށް ޖަލަށްލާ އެއްވެސް މީހަކަށް އެއްވެސް ކަހަލަ ލުޔެއް އަދި މާފެއް ވެސް އެ އިސްލާހު ތަސްދީގު ކުރުމާ އެކު ދެން ނުދެވޭނެ އެވެ." ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް އަދި  ސިންގަޕޫރުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހައި ކޮމިޝަނަރު މުހުތާޒު މުހުސިން

މަސްތުވާތަކެތީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މިއަދު ފާސްކުރީ 65 މެމްބަރުންގެ ވޯޓާއެކުގައެވެ.

ބިލުގައިވާ ގޮތުން ދެ ޝަރުތެއް ފުރިހަމަވާ ނަމަ އެ މީހެއްގެ މައްޗަށް މަރުގެ އަދަބު އިއްވަން ޖެހޭނެ އެވެ. އެއީ:

* އެމީހަކު އެތެރެކުރި މަސްތުވާކެތީގެ ބާވަތަށް ބަލައި ވަކި ބަރުދަނެއް ހަމަވާ ނަމަ

* އެ މީހަކު ދިވެހިރާއްޖެ އަށް އެތެރެކުރި މަސްތުވާއެއްޗަކ،ީ އެ މީހަކު އެތެރެވިއިރު އެތެރެކުރި އެއްޗަކަށްވާ ނަމަ

 

މަރުގެ އަދަބު ކަނޑައެޅޭ މަސްތުވާތަކެއްޗާއި ބަރުދަން:

- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 350 ގްރާމަށް ވުރެ އިތުރު އަދަދެއްގެ ކެނެބިސް ކަމުގައިވާނަމަ

- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ 250 ގްރާމަށްވުރެ އިތުރު އަދަދެއްގެ ޑައިމޯފިން ކަމުގައިވާނަމަ

- އެ މީހަކު ރާއްޖެ އެތެރެކުރި މަސްތުވާތަކެއްޗަކީ ކެނެބިސް އަދި ޑައިމޯފިން ފިޔަވައި ޖަދުވަލު1 ގައި ހިމެނޭ މަސްތުވާކެއްޗެއް ނަމަ 100 ގްރާމަށްވުރެ އިތުރު އަދަދެއްގެ ކަމުގައިވުވާނަމަ

 

ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާޤުން ޙުކުމް ކުރުމުން މަރުގެ އަދަބު ކަނޑައެޅޭއިރު އިއްތިފާޤުން މަރުގެ ޙުކުމް ކަނޑަނާޅުއްވާނަމަ އެ ހާލަތުގައި އެ މީހަކު އުމުރަށް ޖަލަށްލުމާއެކު 100،000 ރުފިޔާއާއި، 10،000،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޑްރަގު އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ނިންމުން: ރައީސްގެ ހިތްވަރުގަދަ ނިންމެވުމެއް ޚަބަރު | ގަޑިއިރެއް ކުރިންސަޢޫދީ ޢަރަބިއްޔާގެ ވިޔަފާރި ވަފުދެއް ރައީސްގެ އަރިހަށް ޒިޔާރަތެއް ކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސް ތަސްދީޤުކުރައްވައިފިޚަބަރު | 3 ގަޑިއިރު ކުރިންމާދަމާރޭ ރައީސް މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވަނީޚަބަރު | 7 ގަޑިއިރު ކުރިން