logo
Bank of Maldives

Bank of Maldives

ޚަބަރު

ޝަރީޢަތް ނިމެންދެން ބަންދުގައި ނުރައްކާތެރި ބޮޑެތި ކުށްތަކެއްކުރި 347 މީހަކު

މުހައްމަދު މޫސާމުހައްމަދު މޫސާ
4 ޑިސެމްބަރު 2025 - 18:40
ޝަރީޢަތް ނިމެންދެން ބަންދުގައި ނުރައްކާތެރި ބޮޑެތި ކުށްތަކެއްކުރި 347 މީހަކު

މިވަގުތު ވާނުވާ ބަންދު ނުވަތަ ޝަރީޢަތް ނިމެންދެން ބަންދުގައި ޖުމްލަ 347 މީހުން އެބަތިބިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ މާލޭގެ މާފަންނު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވަނީ މި 347 މީހުންގެ ތެރޭގައި ހިމެނޭ ކުށްތަކުގެ ތަފްޞީލު ހާމަކުރައްވާފައެވެ. އެގޮތުން، މީހުން މެރުމުގެ މައްސަލަތަކުގައި 29 މީހުން، ޓެރަރިޒަމްގެ މައްސަލަތަކުގައި 20 މީހުން، ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި 117 މީހުން، މާރާމާރީގެ މައްސަލަތަކުގައި 70 މީހުން، އަދި ޑްރަގް ޓްރެފިކިންގގެ މައްސަލަތަކުގައި 116 މީހުން ހިމެނެއެވެ. ރައީސް ވަނީ މިފަދަ ނުރައްކާތެރި ކުށްވެރިން އެއްވެސް އިރެއްގައި މުޖުތަމަޢުގެ ތެރެއަށް ދޫކޮށްލުމަށް ދިވެހި ރައްޔިތުން ބޭނުންވާނެތޯ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން، އެހެނިހެން ބޮޑެތި ކުށްތަކުގެ ތެރޭގައި މަނީ ލޯންޑަރިން، ވައްކަންކުރުން، ހަތިޔާރު ބޭނުންކޮށްގެން ވައްކަންކުރުން، ޑޮމެސްޓިކް ވައަލެންސް، ކިޑްނެޕްކުރުން، ހިއުމަން ޓްރެފިކިން، އެއްޖިންސުން ގުޅުން ހިންގުން، ތަންތަން ރޯކުރުން، ހަށިވިއްކުން އަދި ސްމަގްލްކުރުން ފަދަ މައްސަލަތައް ހިމެނޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ވާނުވާ ބަންދުގެ މުއްދަތު ދިގުލައިގެން ދިއުމުގެ މައްސަލައަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. ކުރީގެ ވާނުވާ ބަންދުގެ މައްސަލަތަކުގައި ޝަރީޢަތް ބޭއްވޭނެ ދުވަހެއް ނޭނގި ދިގުލައިގެން ދިޔަ ނަމަވެސް، މިހާރު ކޯޓުތަކުން ޝަރީޢަތް ތާވަލުކުރާ ދުވަސްތަކާއި، ދެން އޮންނާނެ ދުވަސްތައް ކުރިއަށް ވުރެ މާ ރަނގަޅަށް ހިއްސާކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ޝަރީޢަތުގެ މަރުހަލާ އަވަސްކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން ލިބެމުންދާ ހެޔޮ ބަދަލެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޝަރީޢަތް ނިމެންދެން ބަންދުގައި ނުރައްކާތެރި ބޮޑެތި ކުށްތަކެއްކުރި 347 މީހަކުޚަބަރު | ގަޑިއިރެއް ކުރިންރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް މަޙްލޫފް އައްޔަންކުރައްވައިފިޚަބަރު | 14 ގަޑިއިރު ކުރިންޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރެއްވުމަކީ ހަރުދަނާ ފިޔަވަޅެއް: ޝަހީމް ޚަބަރު | ދުވަހެއް ކުރިންހަޤީޤީ މާނައިގައި ޝާމިލު މުޖުތަމަޢެއް ޤާއިމުކުރެވޭނީ ހަމަހަމަ ފުރުޞަތާއި އިޤްތިޞާދީ ބާރުވެރިކަން ލިބިގެން: ރައީސް ޚަބަރު | ދުވަހެއް ކުރިން