logo
MPL

MPL

ޚަބަރު

ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް މަޙްލޫފް އައްޔަންކުރައްވައިފި

ޢައްފާން މުޙައްމަދު
4 ޑިސެމްބަރު 2025 - 06:04
ރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް މަޙްލޫފް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމަށް، ގ. ހާފްސީ، އަޙްމަދު މަޚްލޫފް މިއަދު ޢައްޔަންކުރައްވައިފިއެވެ.

rރާއްޖޭގެ ކުޅިވަރާ ބެހޭ ވަޒީރުކަން ވެސް މީގެކުރިން ކުރައްވާފައިވާ އަޙްމަދު މަޚްލޫފް ސަފީރުކަމަށް ޢައްޔަންކުރެއްވީ، މިކަމަށްޓަކައި މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ޖަޕާނުގައި ހުންނަވާ ސަފީރުކަމަށް މަހުލޫފް އައްޔަން ކުރުމާ މެދު މަޖިލީހަށް ފެންނަ ގޮތެއް ނިންމަވާދެއްވުމަށް އެދިވަޑައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުއްވި މައްސަލަ ދިރާސާކުރުމަށް ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަންގާރަ ދުވަހު ބޭއްވި ހާރިޖީ ގުޅުންތަކުގެ ކޮމިޓީން މަހުލޫފް ޖަޕާނު ސަފީރު ކަމަށް އައްޔަންކުރަން ފާސްކުރީ ކޮމިޓީގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ. އަދި އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މަޙްލޫފަށް ރުހުން ދޭން ފާސްކުރީ  ވޯޓުގައި ބައިވެރިވެވަޑައިގަތް 60 މެންބަރުންގެ އިއްތިފާގުންނެވެ.

މަހުލޫފަކީ ކުރީ ސަރުކާރުގެ ޔޫތު މިނިސްޓަރުގެ އިތުރުން އޭރު އިދިކޮޅު އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެންބަރެއްވެސްމެއެވެ. މަހްލޫފް ވަނީ މީގެ ދުވަސްކޮޅެއް ކުރިން އެމްޑީޕީން ވަކިވެވަޑައިގެން ޕީއެންސީން ބޭއްވި ދިވެހިންގެ ރާއްޖެ ބޮޑު ޖަލްސާގެ ތެރެއިން ޕީއެންސީއާ ގުޅިވަޑައިގެންފައެވެ.

މަހުލޫފްވަނީ މީގެކުރިން 17 ވަނަ މަޖިލީހާއި 18 ވަނަ މަޖިލީހުގައި މެމްބަރެއްގެ ގޮތުގައި ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 18 ގަޑިއިރު ކުރިންހަތިޔާރުގެ އަޅުވެތިކަން ފަދައިން ދަރަނީގެ އަޅުވެތިކަމުން ވެސް ޤައުމު ސަލާމަތްކުރަންޖެހޭ: ރައީސްޚަބަރު | 2 ދުވަސް ކުރިންނޮވެމްބަރު 3 ގެ ހިތްވަރުގަދަ 5 ބަޠަލެއްގެ ޚިދުމަތުގެ އަގުވަޒަންކޮށް އައްޑަނަ އަރުވައިފިޚަބަރު | 2 ދުވަސް ކުރިންއެމްއެންޑީއެފްގެ އަސްކަރީ ހަރަކާތްތައް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޝަރަފަވެރި ކޮށްދެއްވައިފިޚަބަރު | 2 ދުވަސް ކުރިން