logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްތުވާތަކެތީގެ އޮޕަރޭޝަން 'އަލިމަގު'ގެ ތެރެއިން އައްޑޫއިން ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ޒިދާން މުޙައްމަދު
4 ޑިސެމްބަރު 2025 - 20:36
މަސްތުވާތަކެތީގެ އޮޕަރޭޝަން 'އަލިމަގު'ގެ ތެރެއިން އައްޑޫއިން ފަސް މީހަކު ހައްޔަރުކޮށްފި

މަސްތުވާ ތަކެއްޗާއި ދެކޮޅަށް ކުރެވޭ މަސައްކަތުގެ ތެރެއިން ފުލުހުން ކުރިއަށް ގެންދާ “އޮޕަރޭޝަން އަލިމަގު” ގެ ދަށުން އައްޑޫ ސިޓީގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަެއްޔަރުކޮށްފައިވާ މިީހުންގެ ވަނަވަރު ހާމަކޮށްފިއެވެ.

މިމައްސަލާގައި ހައްޔަރުކޮށްފައި ވަނީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ނެޓްވޯކެއްގައި ހިމެނޭ އިސްފަރާތްތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިޑިސެންބަރު މަހުގެ 3 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ސ.ހިތަދޫ / ކޮންމުލި، ޢަލީ ނަދީމް (30އ) އާއި ސ. ހިތަދޫ / ފަލާޙް، ހާފިޡު ފައުޒީ (31އ) އާއި ސ. ހިތަދޫ / ވެޔޮފެހެބުރުގެ، އިބްރާހީމް ސިރާޖު (43އ) އާއި ސ. ހިތަދޫ / ދޮރުފޮތިމާގެ، ޙަސަން ޢަލްފާފް (28އ) އަދި ސ. ހިތަދޫ / ކެކުރިމާގެ، އަމީން މުޙައްމަދު (23އ) އެވެ.

މި ނެޓްވޯރކްގެ އިސްފަރާތްތަކަށް އަމާޒުކޮށް މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑަރ ކުރުމުގެ ތަހުގީގެއް ފުލުހުން ފަށާފައިވަނީ މި އަހަރު މާރޗް މަހުން ފެށިގެންނެވެ. އަދި މި ނެޓްވޯރކްގެ ތެރެއިން 2017 އިން ފެށިގެން މަސްތުވާތަކެތިގެ ވިޔަފާރި ކުރަމުންދާ ކަން ފުލުހުންނަށްވަނީ ހޯދިފައިވެއެވެ. އެގޮތުން ފާއިތުވި 5 އަހަރު މި ނެޓްވޯރކްގެ އިސް 4 މީހެއްގެ އެކައުންޓްގައި 19 މިލިއަނަށްވުރެ ގިނަ ދިވެހި ފައިސާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވެއެވެ.

މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޢަލީ ނަދީމް އާއި ހާފިޡު ފައުޒީ އަދި އިބްރާހީމް ސިރާޖަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ޙަސަން އަލްފާފް އާއި އަމީން މުޙައްމަދަށް 5 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްތުވާތަކެތީގެ އޮޕަރޭޝަން 'އަލިމަގު'ގެ ތެރެއިން އައްޑޫއިން ފަސް މީހަކު ހައްޔަރުކޮށްފި ޚަބަރު | 43 މިނިޓު ކުރިންއައްޑޫގެ އެންމެ ބޮޑު އެއް ޑްރަގް ނެޓްވޯކުގެ އިސް މީހުންތަކެއް ހައްޔަރުކޮށްފިޚަބަރު | 13 ގަޑިއިރު ކުރިންގަވާއިދާ ހިލާފަށް ޕާކްކުރާ މީހުންނަށް ޓްރެފިކް ފުލުހުންގެ ވަރުގަދަ އިންޒާރެއް ޚަބަރު | ދުވަހެއް ކުރިންހުއްދަ ނުނަގާ، ދުންފަތް ވިއްކަމުންދިޔަ ތަނެއް ބަންދުކޮށްފިޚަބަރު | ދުވަހެއް ކުރިން