ބިދޭސީއަކު ގެއްލިގެން ރިޕޯޓްކުރާ ކޮންމެ ރިކުއެސްޓަކަށް 1،000 ރުފިޔާ ނަގަނީ

މިފަހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް ބިދޭސީން

03 އޮކްޓޯބަރު 2024 - 11:24
ބިދޭސީއަކު ގެއްލިގެން ރިޕޯޓުކުރާ ކޮންމެ ރިކުއެސްޓަކަށް 1،000 ރުފިޔާގެ ސާވިސް ފީއެއް ނަގަން ހޯމް މިނިސްޓްރީން ނިންމައިފިއެވެ.
މިކަމާ ގުޅިގެން ހޯމް މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެނަމަ ޢަމަލުކުރާނެ ގޮތުގެ އުސޫލަށް މި މަހުގެ ހަ ވަނަ ދުވަހުން ފެށިގެން އަމަލުކުރަންފެށޭނެކަމަށެވެ.
އެގޮތުން މިސިން ރިޕޯޓުކުރާ ކޮންމެ ރިކުއެސްޓަކަށް، މިސިން ރިޕޯޓިން ފީގެ ގޮތުގައި 1،000 ރުފިޔާ އަދި ވަޒީފާ އަދާކުރާ ބިދޭސީއަކު ފިލައިފިނަމަ ނުވަތަ ގެއްލިއްޖެ ނަމަ 2,000 ރުފިޔާގެ އަދަދަކުން ޖޫރިމަނާކުރެވޭނެ ކަމަށެވެ.
އަދި ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިން ރިޕޯޓުކޮށްފައިވާ ރިކުއެސްޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމުގެ ފުރުސަތު ވެސް މިމަހުގެ ހަ ވަނަ ދުވަހު ހުޅުވާލެވޭނެ ކަމުގައި އެ އިއުލާނުގައި ބުންޏެވެ.
އިއުލާނުގައި ބުނީ އެކްސްޕެޓް ސިސްޓަމުގައި މިސިން ރިޕޯޓު ކޮށްފައިވާ ބިދޭސީއެއްގެ މިސިން ރިޕޯޓު އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ބޭނުންވާނަމަ މި މަހުގެ ހަޔަކުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މިސިން ރިކުއެސްޓް އަނބުރާ ގެންދަންވާނެކަމަށާއި އަދި އެ މުއްދަތު ހަމަވުމަށްފަހު، މިސިން ރިޕޯޓު ރިކުއެސްޓެއް އަނބުރާ ގެންދިއުމަށް ވަޒީފާދޭ ފަރާތުން ހުށަހަޅައިފިނަމަ، މިސިން ރިކުއެސްޓް ވިތްޑްރޯވަލް ފީގެ ގޮތުގައި 10,000ރުފިޔާގެ ސާވިސް ފީއެއް ނެގޭނެ ކަމުގައެވެ.
ހޯމް މިނިސްޓްރީގެ އިއުލާނުގައި ބުނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތެއް ފިލައިގެން ނުވަތަ ގެއްލިގެން މިސިން ރިޕޯޓުކުރުމުގެ އައު ޕްރޮސެސް އާއި މިސިން ރިޕޯޓުކޮށްފައިވާ ރިކުއެސްޓް އެކްސްޕެޓެއް ސިސްޓަމް މެދުވެރިކޮށް އަނބުރާ ގެންދިއުމަށް އެދި ހުށަހަޅާނެ ގޮތުގެ ޕްރޮސެސްގެ ގައިޑް "ވޯކް ޕާމިޓް މިސިން ޔޫޒާ ގައިޑް" އަދި "ވޯކް ޕާމިޓް މިސިން ވިތްޑްރޯވަލް ޔޫޒާ ގައިޑް" އެކްސްޕެޓް ސިސްޓަމްގެ "ހޯމް ޕޭޖް" އިން މި މަހުގެ 6 ވަނަ ދުވަހުން ފެށިގެން ފެންނަން ހުންނާނެކަމަށެވެ.
އިތުރު ލިޔުންތައް
ބުޅަލުން ބާގަރ ހަދައިގެން ވިއްކި ކަމަށް ތުހުމަތުކުރެވޭ ބިދޭސީއެއް ހައްޔަރުކޮށްފި
8 މަސް ކުރިން
ބުޅާ މެރި ކަމަށް ތުހުމަތު ކުރެވޭ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
8 މަސް ކުރިން
ގަވާއިދާ ޚިލާފަށް ކާބޯތަކީގެ ވިޔަފާރިކުރި 15 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
8 މަސް ކުރިން