logo
Bank of Maldives

Bank of Maldives

ޚަބަރު

މެދުޒިޔާރަތް މަގު ހުޅުވާލުމަކީ ޒިންމާދާރު ގޮތެއް ނޫން: ރައީސް

އާމިނަތު ޝަފާ
5 ޑިސެމްބަރު 2025 - 04:36
ފޮޓޯ: ސަން
ފޮޓޯ: ސަން

ސަލްޓަން ޕާކާއި އިސްލާމީ މަރުކަޒު ކުރިމަތީ އޮންނަ މެދުޒިޔާރަތް މަގު ހުޅުވާލުމަކީ އެންމެ ޒިންމާދާރުގޮތް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލޭ ސިޓީގެ މާފަންނު އަވަށުގެ ރައްޔިތުންނާއެކު ތާޖުއްދީން ސްކޫލުގައި ރޭ ކުރިއަށްގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމުގައި، އާންމު އިޖުތިމާޢީ އެކި ދާއިރާތަކުން ރައްޔިތުން ހުށަހެޅުއްވި ކަންބޮޑުވުންތަކާއި، އެމަނިކުފާނާ ކުރިމަތިކުރެއްވި ސުވާލުތަކަށް ޖަވާބުދާރީވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެދުޒިޔާރަތް މަގު ހުޅުވާލުމާ ގުޅޭގޮތުން އާއްމު ރައްޔިތަކު ފާޅުކުރެއްވި ހިޔާލަކާ ގުޅިގެން ރައީސް ވިދާޅުވީ ސަލްޓަން ޕާކް ކުރިމަތީގައި އޮންނަ މައިދާނަކީ ވަރަށް ހިތްފަސޭހަ ތަނެއް ކަަމަށާއި، ބަންދު ދުވަސްތަކުގައި އާއިލާތަކުން ކުޑަކުދިން ގޮވައިގެން، އެތަނަށް ގޮސް އެ ކުދިން ދޫކޮށްލައިގެން އެތަނުގައި ތިބޭ ކަމަށެވެ.

"ކުޑަކުދިން ދޫކޮށްލައިގެން އެ ތިބެނީ. ސަލްޓަން ޕާކާއި އިސްލާމީ މަރުކަޒާއި މުޅި ސަރަހައްދު އެއްކޮށް. ވަރަށް ވަަރަށް ސޭފް ޒޯނެއް އެއީ. އެ މަގު ހުޅުވާލާ ވާހަކަ އެއީ އަޅުގަނޑު ހިތުން ގިނަ ރައްޔިތުން ބޭނުންވާނެ ކަމެއް ނޫން. ޒިންމާދާރު ކަމެއްވެސް ނޫން.". ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު

މާލޭގެ ޕާކުތަކާއި މައިޒާންތައް ވީރާނާވަމުންދާކަމަށާއި މި ސަރުކާރުން މިދަނީ އެތަންތަން އަލުން މަރާމާތުކުރުމުގެ މަސައްކަތްކުރަމުންކަމަށް ރައީސް ވިދާޅުވިއެވެ.

މާނީ ފެންވަރަށް މަގުތައް ތަރައްޤީކުރުމާއި، މަރާމާތުކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރިއަށްދާކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިފަދަ މަސައްކަތްތައް ހިނގަމުންދާއިރު ވަގުތީ ދަތިތަކެއް ކުރިމަތިވީ ކަމުގައި ވީ ނަމަވެސް، ފަހުން ލިބޭ ފަސޭހަ ބޮޑުވާނެކަން ހަނދާންކޮށްދެއްވާފައެވެ.

މެދުޒިޔާރަތް މަގުގެ މާބުލް ޖަހާފައިވާ ސަަރަހައްދަކީ ކުޑަކުދިންނާ އެކު އާއިލާތަކުން ހިތްހަމަޖައްސާލުމަށްޓަކައި ގޮސް އުޅޭ ސަރަހައްދެެކެވެ.

މި މަގު ދުއްވާ އެއްޗެއްސަށް ބަންދު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެދުޒިޔާރަތް މަގު ހުޅުވާލުމަކީ ޒިންމާދާރު ގޮތެއް ނޫން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންމީޑިއާއެއްގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅުވުންކަން އިއުލާނުކުރުމުން ދެން އެ މީޑިއާގައި އިންނާނީ އިިދިކޮޅު ލެންސެއް: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންޝަރީޢަތް ނިމެންދެން ބަންދުގައި ނުރައްކާތެރި ބޮޑެތި ކުށްތަކެއްކުރި 347 މީހަކުޚަބަރު | 12 ގަޑިއިރު ކުރިންރާއްޖެއިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރަކަށް މަޙްލޫފް އައްޔަންކުރައްވައިފިޚަބަރު | ދުވަހެއް ކުރިން