logo
Bank of Maldives

Bank of Maldives

ވިޔަފާރި

އަސާސީ ކާބޯތަކެތީގެ އަގުތައް މިދިޔަމަހު 0.69 އިންސައްތަ ދަށަށް

އައިޝަތު ނަޝާ
6 ޑިސެމްބަރު 2025 - 15:26
އަސާސީ ކާބޯތަކެތީގެ އަގުތައް މިދިޔަމަހު 0.69 އިންސައްތަ ދަށަށް

ހުސްވި ނޮވެމްބަރު މަހުގެ އަސާސީ ކާބޯތަކެތީގެ އަގުތައް 0.69 އިންސައްތަ ދަށްވެފައިވާ ކަމަށް ސްޓެޓިސްޓިކް ބިއުރޯގެ ތަފާސްހިސާބުތަކުންދައްކައިފިއެވެ.

ސްޓެޓިސްޓިކް ބިއުރޯއިން ދަނީ، ކޮންމެ މަހަކުވެސް އަސާސީ މުދަލުގެ އަގަށް އަންނަމުންދާ ބަދަލުތައް އެސެންޝިއަލް ކޮމޯޑިޓީސް އިންޑެކްސް ރިޕޯޓުގައި ޢާންމު ކުރަމުންނެވެ. އެގޮތުން އެންމެ ފަހުން ނެރެފައިވާ ރިޕޯޓުން ދައްކާ ގޮތުގައި އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހު އަސާސީ ކާބޯތަކެތީގެ އަގުތައް ވަނީ 0.69 އިންސައްތަ ދަށްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ކެއުމަށް ބޭނުން ކުރާ ބާވަތްތަކުގެ އަގުތައް ވަނީ، އޮކްޓޯބަރު މަހާއި އަޅާބަލާއިރު ނޮވެމްބަރު މަހު 1.11 އިންސައްތަ ދަށްވެފައެވެ. ބުއިމަށް ބޭނުންކުރާ ތަކެތީގެ އަގުތައް އޮކްޓޯބަރު މަހާއި އަޅާ ބަލާއިރު ނޮވެމްބަރު މަހު ވަނީ 0.55 އިންސައްތަ އަށް އިތުރުވެފައިވާ ކަމަށް ވެސް ތަފާސްހިސާބުންދައްކައެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި ކެއުމަށް ބޭނުންކުރާ ބާވަތްތަކުގެ ތެރެއިން ކުކުޅާއި މަހުގެ ބާވަތްތަކުގެ އަގުތައް ނޮވެމްބަރު މަހުގެ ތެރޭގައި ވަނީ 0.04 އިންސައްތަ އަށް ދަށްވެފައެވެ. އަދި ކަނޑުމަހުގެ ބާވަތްތަކުގެ އަގުތައް 0.41 އިންސައްތައަށް ދަށަށް ގޮސްފައިވައިވެއެވެ.

ނޮވެމްބަރު މަހު މޭވާގެ ބާވަތްތަކުގެ އަގުތައް 4.50 އިންސައްތައަށް ދަށަށް ގޮސްފައިވާއިރު ތަރުކާރީގެ ބާވަތްތަކުގެ އަގުތައް 0.76 އިންސައްތަ އަށް ވަނީ ދަށަށް ގޮސްފައެވެ.މީގެއިތުރުން ކާން ބޭނުންކުރާ ތެލާއި ޗީޒްގެ ބާވަތްތަކުގެ އަގުތައް ވަނީ، %0.19 ދަށަށް ގޮސްފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ތެލާއި ގޭހުގެ އަގުތައް ދަށަށް ގޮސްފައިވަނީ، %0.83 އަށެވެ.

އޭގެއިތުރުން ބިހާއި ކިރުގެ ބާވަތްތަކުގެ އަގުތައް 0.80 އިންސައްތައަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް ތަފާސްހިސާބުތައް ދައްކައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަސާސީ ކާބޯތަކެތީގެ އަގުތައް މިދިޔަމަހު 0.69 އިންސައްތަ ދަށަށްވިޔަފާރި | 3 ގަޑިއިރު ކުރިން