logo
Bank of Maldives

Bank of Maldives

ޚަބަރު

ބްރޯޑްކާސްޓްކުރުމުގެ އަމާޒަކަށްވާންވާނީ ގައުމުގެ ހައްގުގައި ވަކާލާތުކުރުން: ރައީސް

އާމިނަތު ޝަފާ
4 އޮކްޓޯބަރު 2024 - 03:50
ރައީސް ޑރ. މުހައްމަދު މުއިއްޒު// އެމަނިކުފާނުވަނީ ބްރޯޑްކާސްޓްކުރުމުގެ އަމާޒަކަށްވާންވާނީ ގައުމުގެ ހައްގުގައި ވަކާލާތުކުރުންކަމަށް ވިދާޅުވެފައި
ރައީސް ޑރ. މުހައްމަދު މުއިއްޒު// އެމަނިކުފާނުވަނީ ބްރޯޑްކާސްޓްކުރުމުގެ އަމާޒަކަށްވާންވާނީ ގައުމުގެ ހައްގުގައި ވަކާލާތުކުރުންކަމަށް ވިދާޅުވެފައި

ބްރޯޑްކާސްޓްކުރުމުގެ އަމާޒަކަށްވާންވާނީ ގައުމުގެ ހައްގުގައި ވަކާލާތުކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ބްރޯޑްކާސްޓްކުރުމަކީ އަމާނާތެއްކަމަށާއި އަދި އެއީ މަސްއޫލިއްޔަތެއްކަމަށެވެ. އަދި ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ދާއިރާގެ މައިގަނޑު އަމާޒަކަށް ވާންވާނީ، ދިވެހިރާއްޖެއާއި ދިވެހި ގައުމުގެ ހައްގުގައި ވަކާލާތުކުރުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެވެސް އޮކްޓޯބަރުމަހުގެ 4 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ބްރޯޑްކާސްޓިން ދުވަހުގެ ގޮތުގައެވެ.

ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ރަސްމީ ސިފައެއްގައި ރާއްޖޭގައި ފެށިގެން އައީ 1962ވަނަ އަހަރުއެވެ.

މީގެ ކުރިން މި ހިދުމަތް ދެމުން އައީ ހަމައެކަނި ސަރުކާރުންގެ ކަމަށްވީ ނަމަވެސް އެކަން ބަދުލުވެ އަމިއްލަ ޗެނަލްތަކުންވެސް މިއަދު އަންނަނީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެމުންނެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ފަރާތްތަކަށް ބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދީފައިވަނީ 2007ވަނަ އަހަރުގެ ޖުލައި މަހުގެ ކުރީކޮޅުގައެވެ. 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކޮންމެ ބްރޯޑްކާސްޓަރެއްގެވެސް ޢަޒުމަކަށް ވާން ވާނީ ޤައުމަށް ރީތި ނަން ހޯދައިދިނުމުގެ ބައިވެރިޔަކަށްވުމަށް: ރައީސްޚަބަރު | 10 މަސް ކުރިންތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ފުއާދު ތައުފީޤް އައްޔަނުކުރައްވައިފި ޚަބަރު | 2 އަހަރު ކުރިންއޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލް ތަސްދީގު ކުރައްވައިފިޚަބަރު | 2 އަހަރު ކުރިންރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރީން ކުރިޔަށް އޮތް ތާނގައި ފެންނާނެ: ރައީސް ޚަބަރު | 2 އަހަރު ކުރިން