logo
ޚަބަރު

ރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރީން ކުރިޔަށް އޮތް ތާނގައި ފެންނާނެ: ރައީސް

އާމިނަތު ޝަފާ
14 ނޮވެމްބަރު 2024 - 09:56
ރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރީން  ކުރިޔަށް އޮތް ތާނގައި ފެންނާނެ: ރައީސް

ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވި ސީދާ ސަބަބެއް ހާމަވެފައި ނުވިނަމަވެސް ބެލެވޭ ގޮތުގައި މިިއީ ޑޮލަރު މާރުކުރުމުގެ އައު ގަވާއިދުގެ ސަބަބުން ބައެއް ވިޔަފާރިވެރިން ހިތްމަހަމަނުޖެހުން ފާޅުކުރަމުން އަންނަ ދަނޑިވަޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅިގެން ރައީސް އިތުރަށް ވިދާޅުވީ މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައިކަމަށެވެ.

ޑޮލަރު މާރުކުރުމުގެ އައު ގަވާއިދުގެ ދަށުން މިހާތަނަށް ރަޖިސްޓްރީވެފައި ނުވަނީ އެންމެ ރިސޯޓަކުންކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވަނީ ހާމަކޮށްފައެވެ.

ޑޮލަރު މާރުކުރުމުގެ އައު ގަވާއިދަށް އަމަލުކުރުން ހުއްޓާލުމަށް ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ އެންމެބޮޑު އެއް ވިޔަފާރިވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) އެދިވަޑައިގެން މަރުކަޒީ ބޭންކުގެ ގަވަރުނަރަށް ފޮނުވި ސިޓީއެއް މީސްމީޑިއާގައި ދައުރުވެފައިވާއިރު އޭނާވަނީ ގަވާއިދަށް އަމަލުކުރުން ހުއްޓާލައި އަދި މި ގަވާއިދު އަލުން މުރާޖައާކުރުމަށް އެދިވަޑައިގަންނަވާފައެވެ. މި ގަވާއިދަށް އަމަލުކުރެވެން ނެތްކަމަށް ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ެވސް ވަނީ އެމްއެމްއޭއަށް އަންގާފައެވެ.

މަނީޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގެ ދަށުން އެމްއެމްއޭއިން ވަނީ ރާއްޖޭގައި ޓޫރިޒަމް ވިޔަފާރިކުރާ ތަންތަނަށް، އެތަންތަނަށް ވަންނަ ޑޮލަރު އާމްދަނީން ވަކި އިންސައްތައެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރުމަށް ލާޒިމްކޮށްފައެވެ.

ކެޓަގަރީ ބީގައި ހިމެނޭ ތަންތަނުން މާރުކުރަންޖެހޭކަމަށް ކަނޑައަޅާފައިވަނީ ޓޫރިސްޓަކަށް 25 ޑޮލަރެވެ. ކެޓަގަރީ ބީގެ ގޮތުގައި ކަނޑައަޅާފައިވަނީ 50 ކޮޓަރި، ނުވަތަ އެއަށްވުރެ މަދުން ކޮޓަރި ހުންނަ ތަންތަނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް، ފުއާދު ތައުފީޤް އައްޔަނުކުރައްވައިފި ޚަބަރު | 9 މަސް ކުރިންއޭސީސީ އާއި އީސީގެ ރައީސް އައްޔަންކުރުމުގެ ބާރު ރައީސަށް ލިބޭ ބިލް ތަސްދީގު ކުރައްވައިފިޚަބަރު | 10 މަސް ކުރިންރައްޔިތުންނަށް ފައިދާ ވާން ނޭދޭ ސިޔާސީ ވެރީން ކުރިޔަށް އޮތް ތާނގައި ފެންނާނެ: ރައީސް ޚަބަރު | 10 މަސް ކުރިންހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ކުރެވޭ ވެރިކަން ޚަބަރު | 10 މަސް ކުރިން