ހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ކުރެވޭ ވެރިކަން
11 ނޮވެމްބަރު 2024 - 06:52

ހެޔޮ ގޮތުގައި ކުރެވޭ ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ކުރެވޭ ވެރިކަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސްގެ ޕޯސްޓުގައި ވިދާޅުވީ ހެޔޮގޮތުގައި ކުރެވޭ ވެރިކަމަކީ ރައްޔިތުންގެ މަސްލަހަތުތައް ރަނގަޅަށް ބަލަހައްޓައި ގާނޫނީ ގޮތުންނާއި އިންސާނިއްޔަތުގެ ގޮތުން ފުރިހަމަ ޒިންމާ އުފުލާ ރައްޔިތުންގެ ހެވާއި ލާބައަށްޓާކައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންގެ ފަރާތުން ކުރާ ރައްޔިތުންގެ ވެރިކަމެއްކަމަށެވެ.
ކުރީގެ ރައީސް މުހައްމަދު އަމީނާއި ކުރީގެ ރައީސް އިބްރާހިމް ނާސިރު ހިމެނިވަޑައިގަންނަވާހެން މިހާތަނަށް ރާއްޖޭގައި 7 ބޭފުޅަކުވަނީ ރާއްޖޭގެ ރައީސްކަން ކުރައްވާފައެވެ.
ރައީސް މުއިއްޒަކީ ދިވެހި ޖުމްހޫރިއްޔާގެ 8 ވަނަ ރައީސެވެ.

-01.jpg&w=3840&q=75)
