logo
Bank of Maldives

Bank of Maldives

ޚަބަރު

ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ނެގޭ ގޮތަށް، ޕެންޝަން ޤާނޫނު އިސްލާހު ކުރަނީ

އައިޝަތު ނަޝާ
8 ޑިސެމްބަރު 2025 - 04:52
ހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ނެގޭ ގޮތަށް، ޕެންޝަން ޤާނޫނު އިސްލާހު ކުރަނީ

ހާއްސަ ހާލަތް ތަކުގައި ޕެންޝަން ފައިސާ ނެގޭގޮތަށް ލުއިތަކެއް ދިނުމަށް ޕެންޝަނާ ބެހޭ ގާނޫނު އިސްލާހު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ހެންވޭރުގެ ރައްޔިތުންނާ އެކު ކަލާފާން ސްކޫލުގައި ރޭ ބޭއްވެވި ބައްދަލުކުރެއްވުމުގައި އާންމު ރައްޔިތަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ޕެންޝަން ފަންޑުން ފައިސާ ނެގޭނެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން ގާނޫނު އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ޕެންޝަން ގާނޫނަށް ގެންނަން ބޭނުންވާ އިސްލާހުތައް މަޖިލީހުގެ ކުރިއަށް އޮތް ދައުރަށް ހުށަހަޅުއްވާނެ ކަމަށާއި،ޕެންޝަން ފަންޑުގެ ބޭނުން ހިފޭގޮތަށް މިހާރުވެސް ބައެއް އިސްލާހުތައް ގެނެސްފައިވާ ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.

"ހާއްސަ ހާލަތްތަކުގައި ޕެންޝަން ފަންޑުން ފައިސާ ބޭނުންކުރެވޭ ގޮތަށް އާދެ އެ ހާއްސަ ހާލަތްތައް އޭގައި ބަޔާންކުރެވޭނެ، އެހެންވީމަ މިހާރަށް ވުރެ ގިނަ ފުރުސަތުތައް އެމީހާގެ ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް ގާނޫނަށް އިސްލާހު އެބަ ހުށަހަޅަން" ރައީސް ޑރ މުހައްމަދު މުއިއްޒު

ސަރުކާރުން ގެންނަން ބޭނުންވާ އިސްލާހުތަކާ ގުޅޭ ތަފްސީލްތައް ރައީސް މުއިއްޒު ހިއްސާކުރައްވާފައެއް ނުވެ އެވެ.

ޕެންޝަން ފަންޑުން ޖަމާކުރާ ފައިސާ އެކި ބޭނުންތަކުގައި ބޭނުންކުރެވޭ ގޮތް ހެދުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފޭސް ތިނަކުން ގޯތި ލިބުނު ފަރާތްތަކަށް އަންނަ މަހު ގޯތިތަށް ހަވާލުކުރަނީޚަބަރު | ގަޑިއިރެއް ކުރިންހާއްސަ ހާލަތްތަކުގައި ޕެންޝަން ފައިސާ ނެގޭ ގޮތަށް، ޕެންޝަން ޤާނޫނު އިސްލާހު ކުރަނީޚަބަރު | ގަޑިއިރެއް ކުރިން ވައުދާ އެއްގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރާނަން: ރައީސް ޚަބަރު | 2 ގަޑިއިރު ކުރިންގިނަ ރައްޔިތުންނަށް ފުުސަތު ދިނުމަށް، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ ސްކީމްތަކަށް ބައެއް ބަދަލުތައް ގެންނަނީ ޚަބަރު | 2 ގަޑިއިރު ކުރިން