logo
Bank of Maldives

Bank of Maldives

ޚަބަރު

ލެޓްވިއާގައި ފިރިހެނުން މަދުވުމުގެ ސަބަބުން އަންހެނުން ''ގޮތް ހުސްވެފައި''

މުހައްމަދު މޫސާމުހައްމަދު މޫސާ
11 ޑިސެމްބަރު 2025 - 05:54
އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ލެޓްވިއާގެ އަންހެން ސަޕޯޓަރުން
އެންމެ ފަހުން އޮތް ވޯލްޑް ކަޕްގައި ލެޓްވިއާގެ އަންހެން ސަޕޯޓަރުން

ޔޫރަޕިއަން ޔޫނިއަންގެ ގައުމެއް ކަމަށްވާ ލެޓްވިއާގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތުގެ ފަރަގު ބޮޑުވުމުގެ ސަބަބުން ގިނަ އަދަދެއްގެ އަންހެނުން ގެއިގެ މަސައްކަތްތައް ކުރުމަށްޓަކައި ވަގުތީ "ފިރިހެނުން" ކުއްޔަށް ނަގަމުންދާ ކަމަށް ދަ ނިއުޔޯކް ޕޯސްޓްގެ ރިޕޯޓެއް ބުނެފިއެވެ.

ޔޫރޯސްޓެޓްގެ މައުލޫމާތުތަކަށް ބަލާއިރު، ލެޓްވިއާގައި ފިރިހެނުންނަށް ވުރެ %15.5 އިތުރަށް އަންހެނުން އެބަތިއްބެވެ. މިއީ ޔޫރަޕިއަން ޔޫނިއަންގެ އެވްރެޖް ތިން ގުނައަށް ވުރެ ބޮޑު ތަފާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓް ބުނާގޮތުން މި ބޮޑު ތަފާތު ވަޒީފާގެ މާހައުލުތަކުންނާއި ދުވަހު ދިރިއުޅުމުން ވެސް ފެންނަން އެބަހުއްޓެވެ. ވޯލްޑް އެޓްލަސް އިން ފާހަގަކުރާ ގޮތުގައި، 65 އަހަރާއި އެއަށްވުރެ މަތީގެ މީހުންގެ ތެރޭގައި ފިރިހެނުންނަށް ވުރެ ދެ ގުނަ އަންހެނުން އިތުރަށް އެބަތިއްބެވެ.

ފެސްޓިވަލްތަކުގައި މަސައްކަތްކުރާ ދާނިއާ ބުނީ އޭނާގެ ގާތްގަނޑަކަށް ހުރިހާ މަސައްކަތު އެކުވެރިންނަކީ ވެސް އަންހެނުން ކަމަށެވެ. އޭނާ ފާހަގަކުރި ގޮތުގައި، ޖިންސީ ގޮތުން ހަމަޖެހޭ އަދަދެއް ތިބިނަމަ މުޖުތަމައުގެ ގުޅުންތައް އިތުރަށް ފުރިހަމަ ވާނެއެވެ.

މި ޖިންސީ ތަފާތުގެ ސަބަބުން ގިނަ އަންހެނުން ވަނީ ބައިވެރިއެއް ހޯދުމަށްޓަކައި ގައުމުން ބޭރަށް ދަތުރުކުރުމަށް މަޖުބޫރުވެފައެވެ. އެއީ ގައުމުގެ ތެރެއިން އެފަދަ ފުރުސަތުތައް މަދުވުމުގެ ސަބަބުންނެވެ.

ނިއުޔޯކް ޕޯސްޓްގައިވާ ގޮތުގައި، ފިރިހެން ބައިވެރިއަކު ނެތި ދުވަހު ގެއިގެ ބޭނުންތައް ފުއްދުމަށްޓަކައި، ގިނަ ލެޓްވިއަން އަންހެނުން ދަނީ ''އަތްމަތި ހަމަޖައްސައިދޭ މީހުން ކުއްޔަށް ދޫކުރާ ހިދުމަތްތަކަށް'' ބަރޯސާވަމުންނެވެ.

މި ބޭނުންތައް ފުއްދުމަށްޓަކައި ކޮމަންޑާ24 ފަދަ ޕްލެޓްފޯމްތަކުން "ރަނުގެ އަތްތައް ހުރި ފިރިހެނުން" ގެ ނަމުގައި ހިދުމަތްތައް ފޯރުކޮށްދެއެވެ. މި މީހުން ހޮޅިދަޑި މަރާމާތުކުރުން، ވަޑާންކުރުން، އެހެނިހެން މަރާމާތުތައް، އަދި ޓީވީ ހަރުކުރުން ފަދަ ކަންކަމުގައި އެހީތެރިވެދެއެވެ.

އަނެއް ހިދުމަތެއް ކަމަށްވާ ރެމޮންޓްދާބީ.އެލްވީ އިން އަންހެނުންނަށް އޮންލައިންކޮށް ނުވަތަ ފޯނުން "އެއް ގަޑިއިރަށް ފިރިހެނެއް" ބުކްކުރުމުގެ ފުރުސަތު ދެއެވެ. މި މީހުން އަވަހަށް ފަރުދާ ހަރުކުރުން، އަދި އެހެނިހެން މެއިންޓެނެންސް މަސައްކަތްތައް ކޮށްދެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލެޓްވިއާގައި ފިރިހެނުން މަދުވުމުގެ ސަބަބުން އަންހެނުން ''ގޮތް ހުސްވެފައި''ޚަބަރު | 3 ގަޑިއިރު ކުރިންއެމެރިކާގެ ހެލްތު ސެކެރެޓަރީ އުމުރުން 71 އަހަރުގައި 20 ޕުލް-އަޕް ހަދައި ބާރު ހުރިކަން ދައްކާލައްވައިފިޚަބަރު | 2 ދުވަސް ކުރިންޖަޕާނަށް 10 ފޫޓަށް އުސްމިނުގެ ސުނާމީއެއްގެ އިންޒާރުޚަބަރު | 3 ދުވަސް ކުރިންއިންޑިގޯގެ ސީއީއޯ މަގާމުން ވަކިކުރުމަށް އިންޑިއާގެ ސަރުކާރުން އެދިފާނެ: ރިޕޯޓްޚަބަރު | 5 ދުވަސް ކުރިން