logo
Bank of Maldives

Bank of Maldives

ޚަބަރު

ސިނގިރޭޓް ކޮންޓެއިނަރު ވަގަށްނެގި މައްސަލަ: އާއްޓޭއާއި ދިގަލި ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި

އާމިނަތު ޝަފާ
11 ޑިސެމްބަރު 2025 - 10:24
ސިނގިރޭޓް ބޮޑު ވައްކަމުގައި ހިމެނޭކަމަށް ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން، ފޮޓޯ: ޕޮލިސް
ސިނގިރޭޓް ބޮޑު ވައްކަމުގައި ހިމެނޭކަމަށް ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުން، ފޮޓޯ: ޕޮލިސް

ރާއްޖެއަށް ސިއްރުން އެތެރެކުރަނިކޮށް އޭޕްކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ޢަދަދެއްގެ ސިނގިރޭޓް ރައްކާކޮށްފައި ހުރި ކޮންޓެއިނަރ މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ހުއްޓައި ވަގަށް ނެގުމަށް ފަންޑުކުރިކަމަށް ފުލުހުން ތުހުމަތުކުރާ ޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންގްސްގެ ސީއީއޯ މުޙައްމަދު ވަހީދު (ދިގަލި) ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ޕްރޮސެކިއުޓަރ ޖެނެރަލް-ޕީޖީ އޮފީހުން ނިންމައިފިއެވެ.

މައްސަލައިގައި މިއަދު ޕީޖީން ބުނީ މައްސަލައިގައި 11 މީހެއްގެ މައްޗަށް ދަޢުވާކުރުމަށް އެދި 3 ޑިސެންބަރު 2025 ދުވަހު ދިވެހި ފުލުހުންގެ ޚިދުމަތުން އެ އޮފީހަށް ހުށަހަޅާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލާގައި ދަޢުވާކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ އޮފީހުން ގެންދަނީ ކުރަމުންކަމަށާއި އަދި ޤާނޫނުގައި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅާނެކަމަށެވެ.

ތުހުމަތުކުރެވޭ ވަކިވަކި މީހުން، ކުށުގެ ޢަމަލުގައި ބައިވެރިވެފައިވާ ނިސްބަތާއި، އެމީހުންގެ މައްޗަށް ކުރެވެންހުރި ދަޢުވާތަކާއި، ކަނޑައެޅެން އޮތް އަދަބަށް ރިޢާޔަތްކޮށް ތުހުމަތުކުރެވޭ މީހުންގެ ބަންދު މިއަދު މުރާޖަޢާކޮށްފައިވާކަމަށާއި އެގޮތުން މި ކުށުގެ ޢަމަލު ރޭވިކަމަށް ތުހުމަތުކުރެވޭ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް އަދި ކޮންޓެއިނަރ ވަގަށްނަގައިގެން ގެންދިޔަ ތިލަފުށީ ސައިޓާ ޙަވާލުވެގެން ހުރިކަމަށް ތުހުމަތުކުރެވޭ ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅުމުން، އެ މީހުންގެ ބަންދާމެދު ކޯޓުން ގޮތް ނިންމަވާފައިވާކަމަށް ޕީޖީން މައުލޫމާތުދެއެވެ.

ޕީޖީން ބުނީ ބ. އޭދަފުށި، ދިގަލި، މުޙައްމަދު ވަޙީދާއި، މއ. އެވަރގްލޯރީ، އަޙްމަދު ޢާރިފް ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީ، އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ މި ކުށް ކުރުމަށް ރޭވުންކަމަށްވާއިރު، މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީކަމަށެވެ. އަދި ކ. ތުލުސްދޫ، ލިންކް، ޙަސަން ޢަބްދުއްރަޙްމާން ޝަރުތުކޮށްފައި ބަންދުން ދޫކޮށްލުމަށް ނިންމާފައިވާނީވެސް އޭނާ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވެފައިވާކަމަށް ތުހުމަތުނުކުރެވޭތީކަމަށެވެ.

ނަމަވެސް ކ. މާލެ، ދަފްތަރު ނަންބަރު ރސ 1355، މުޙައްމަދު ޝަރީފަކީ މި މައްސަލަ މި އޮފީހަށް ހުށަހެޅުނުއިރު ބަންދުގައި ހުރި މީހަކަށް ނުވާތީ، އޭނާގެ ބަންދު މުރާޖަޢާކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ޕީޖީން ބުނެއެވެެ.  

އެހެންކަމުން، މި މައްސަލާގައި މިހާރު ބަންދުގައި ތިބީ ހދ. ވައިކަރަދޫ، މެދުރީގެ، ޒިވާރު އިސްމާޢީލްއާއި، ހދ. ވައިކަރަދޫ، ނޫރަލީގެ، އަޙްމަދު ޝަހީމްއާއި، ހ. ރުމޭނިޔާ، އަޙްމަދު ފިރުސާންއާއި، ސ. ހިތަދޫ، ޗާނދަނީގެ، ޙުސައިން ސާމިޙުއާއި، ނ. މިލަދޫ، ކެނެރީގެ، އާދަމް ވަޙީދާއި، ބަނގުލަދޭޝް، މުޙައްމަދު އަލަމިން މިއާ، ހ. ނިއުހެޕިނަސް، މުޢާޛު ޢަލީއެވެ.

ޕީޖީން ބުނީ އެ މީހުންގެ ބަންދު މުރާޖަޢާކުރުމަށްފަހު، މިވަގުތު ބަންދަށް ބަދަލެއް ގެންނަންޖެހޭ ޙާލަތެއް ނެތްކަމަށް ނިންމާފައިވާނެކަމަށެވެ. ސަބަބަކީ، އެމީހުންނަކީ މި ވައްކަން ކުރުމުގައި ޢަމަލީގޮތުން ބައިވެރިވިކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށްވުމާއި، އޭގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެތިބެ މި ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމަށް ތުހުމަތުކުރެވޭ މީހުން ކަމުގައިވާތީކަމަށްވެސް ޕީޖީން މައުލޫމާތުދެއެވެ.   

މި މައްސަލާގައި ދަޢުވާކުރުމަށް ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާއިރު، މިހާރު ބަންދުގައި ތިބި މީހުންގެ ބަންދާމެދު ތަފާތު ގޮތަކަށް ނިންމަންޖެހޭކަމަށްވާނަމަ އެ މީހުންގެ ބަންދު މި އޮފީހުން މުރާޖަޢާކުރާނެކަމަށް ޕީޖީން ވަނީ ބުނެފައެވެ.

ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްވެރިންގެ އިހުތިޖާޖު: މެމްބަރު މައުރޫފު ހިމެނޭހެން ތިން މީހެއްގެ ބަންދަށް 5 ދުވަސްޚަބަރު | 7 ގަޑިއިރު ކުރިންހުޅުމާލޭގެ އެކި ސަރަހައްދުތަކަށް ދޫކޮށްލާފައިހުރި 787 އުޅަނދު ނަގައިފިޚަބަރު | 18 ގަޑިއިރު ކުރިންއިހުތިޖާޖުގައި މާލެގެ ފަޅަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތް ކުރި: ފުލުހުންޚަބަރު | ދުވަހެއް ކުރިންބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފިޚަބަރު | ދުވަހެއް ކުރިން