logo
Bank of Maldives

Bank of Maldives

ޚަބަރު

ބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފި

އައިޝަތު ނަޝާ
11 ޑިސެމްބަރު 2025 - 12:33
ބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފި

ސަރުކާރުގެ މަސްކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލި މަސްވެރިން ކުރަމުން އައި އިހުތިޖާޖްގައި ބައިވެރިވާ ބައެއް ދޯނިތައް ފުލުހުން ބެލުމުގެ ދަށަށް ގެންގޮސް، އެ މުޒާހަރާ ރޫޅާލައިފި އެވެ.

ހުއްޓުމެއް ނެތި އެ އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރު ވެސް ވީ ފަހުން ފުލުހުން ވަނީ ދޯނިތަކަށް އަރައިފަ އެވެ. ފުލުހުން ދޯނިތަކަށް އެެރީ އެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާ ކަމަށާއި އެއީ ގާނޫނާހިލާފު ކަމެއް ކަމަށް ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިހުތިޖާޖުގެ ތެރެއިން ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސް، އެ ދޯނިތައް ވަނީ ފުލުހުންގެ މަރުކަޒު، ދޫނިދޫއަށް ގެންގޮސްފަ އެވެ. އިހުތިޖާޖުގައި އިސްކޮށް އުޅުއްވި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރު އަދި އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވެސް ހައްޔަރު ކޮށްފައިވާއިރު،އޭނާ ވިދާޅުވެފައިވަނީ އެކަން ކޮށްފައިވަނީ ކޯޓު އަމުރެއް ވެސް ނުދައްކާ ކަމަށެވެ.

ފުލުހުން ދޯނިތަކަށް އަރައި، ބައެއް ދޯނިތައް ގެންދިޔުމުގެ ސަބަބުން އިހުތިޖާޖު މިހާރު ވަނީ ހުއްޓިފަ އެވެ. މި އިހުތިޖާޖުގައި 49 ދޯންޏަކުން ބައިވެރިވި އެވެ.

ބޮޑުކަންނެލީގެ މަސްވެރިކަން ކުރާ މީހުން ސަރުކާރުގައި އެދެމުން އަންނަނީ މިފްކޯ އަށް ބޮޑުކަންނެލި ގަތުމަށް ނުވަތަ މަސްވެރިންނާ ވާހަކަ ދައްކައިގެން އެހެން ގޮތްތަކެއް ހޯދުމަށެވެ. އަދި މަސްވެރިންގެ ޑިމާންޑުތަކަށް ފުރިހަމަ ޖަވާބެއް ލިބެންދެން އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލީ ޖެޓީ ސަރަހައްދުން ފަށައި އަދި އޭގެ ފަހުން މާލެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން ދިޔައީ އިހުތިޖާޖު ކުރަމުންނެވެ.

ބޮޑު ކަންނެލީގެ މަސްވެރިންގެ މިއިޙްތިޖާޖާއި ގުޅިގެން މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ. އެގޮތުން މަސްވެރިންނަށް ފަސޭހައިން އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާއިރު ކަންނެލި މަސްވެރިންނަށް ޚާއްސަ މަސް ޕްރޮސެސްކުރާނެ ފެސިލިޓީއެއް ހުޅުމާލޭގައި ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަން ސަރުކާރުންވަނީ ހާމަކުރައްވާފައެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައިގެން މީގެކުރިން ވެސް ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖު ތަކެއް ބާއްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑުކަންނެލީގެ މަސްވެރިންގެ މުޒާހަރާ ފުލުހުން ރޫޅާލައިފިޚަބަރު | 3 ގަޑިއިރު ކުރިންހުޅުމާލެ އިން ޓޯކުރި އުޅަނދުތަށް ދޫކުރަން ފަށައިފިޚަބަރު | 3 ގަޑިއިރު ކުރިންސިނގިރޭޓް ކޮންޓެއިނަރު ވަގަށްނެގި މައްސަލަ: އާއްޓޭއާއި ދިގަލި ޝަރުތުކުރުމަށްފަހު ދޫކޮށްލައިފި ޚަބަރު | 5 ގަޑިއިރު ކުރިންލޯބިވެރިޔާއަށް ހަމަލާދިން އަންހެން މީހާގެ ބަންދަށް 30 ދުވަސްޚަބަރު | ދުވަހެއް ކުރިން