logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށްއޮތް ހަފުތާގައިވެސް ދުންފުހުގެ އަސަރުކުރާނެ

އާމިނަތު ޝަފާ
11 ޑިސެމްބަރު 2025 - 11:51
ކުރިއަށްއޮތް ހަފުތާގައިވެސް ދުންފުހުގެ އަސަރުކުރާނެ

ރާއްޖޭގެ އުތުރާއި މެދުތެރޭގެ ހިސާބުތަކަށް ކުރިއަށް އޮތް ހަފުތާގެ ތެރޭގައިވެސް ދުންފުހުގެ އަސަރުކުރާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން ބުނީ ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ވަނީ ދަށްވެފައިކަމަށެވެ. ކުރިއަށް އޮތް ހަފުތާގެ ތެރޭގައިވެސް ދުންފުހުގެ އަސަރު މި ސަރަހައްދުތަކަށް ކުރާނެ ކަމަށް ބެލެވޭކަމަށް މޫސުމާ ބެހޭ އިދާރާއިން ހާމަކުރި މައުލޫމާތުގައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖެ ސަރަހައްދުގެ ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށަށް ގޮސްފައިވަނީ އިންޑިއާ އާއި ޕާކިސްތާން އަދި ޗައިނާ ހިއްސާކުރާ ފަރުބަދަ "ހިމާލިޔާ" އަށް ޖެހޭ ނުސާފު ވައި ރާއްޖެއާ ދިމާލަށް ދަތުރުކުރާތީއެވެ.

މި ދުވަސްވަރު މާލެ ސަރަހައްދުގެ ވައިގެ ނުސާފުކަން އިތުރުވެ ދުރު ފެންނަ މިންވަރު ހުރީ 7000 މީޓަރުގައިކަމަށް މެޓުން މައުލޫމާތުދެއެވެ.

މިހާރު ރާއްޖެ ސަރަހައްދުގެ ވައި ހުރީ ނޭވާލާ ނިޒާމުގެ ބަލިތައް ތަހަައްމަލުކުރާ މީހުންނާއި ކުޑަކުދިންގެ ސިއްހަތަށް ސަމާލުކަން ދޭންޖެހޭ މިންވަރަކަށެވެ.

ވައި ނުސާފުވެފައިވާ ދުވަސްވަރު ފުއްޕާމޭގެ ބައްޔާއި ހިތުގެ ބައްޔާއި އެލާޖީ ހުންނަ މީހުންގެ އިތުރުން ކުޑަކުދިންނާއި ދޮށީ އުމުރުގެ މީހުން އަދި މާބަނޑު މީހުން ގިނަ ވަގުތު ބޭރުގައި ހޭދަ ނުކުރުމަށް ކަމާ ބެހޭ އިދާރާތަކުން އިލްތިމާސް ކުރެއެވެ. މީގެ އިތުރުން ބޭރަށް ނިކުންނަން ޖެހޭ ހާލަތްތަކުގައި ރައްކާތެރި މާސްކު އެޅުމަށާއި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށްވެސް އިލްތިމާސް ކޮށްފައިވެ އެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށްއޮތް ހަފުތާގައިވެސް ދުންފުހުގެ އަސަރުކުރާނެ ޚަބަރު | 3 ގަޑިއިރު ކުރިންއެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވޭ: މެޓް އޮފީސްޚަބަރު | 11 ގަޑިއިރު ކުރިންރާއްޖެ ސަރަހައްދުގައި ވައި ނުސާފުވެ ދުރު ފެންނަ މިންވަރު ދަށްވެއްޖެ ޚަބަރު | ދުވަހެއް ކުރިންމޫސުން: އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ!ޚަބަރު | 5 ދުވަސް ކުރިން